ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާހިލާފަށް މަސްވެރިކަން ކުރި ސްރީ ލަންކާގެ ބޯޓެއް ދިވެހި ދައުލަތަށް ނެގުމަށް ސިވިލް ކޯޓުން މިދިޔަ ހަފުތާގައި ހުކުމްކޮށްފިއެވެ.
އެމްއެންޑީއެފުން ސްރީ ލަންކާގެ އެ ބޯޓު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަނެފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ.
އެ ބޯޓުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާހިލާފަށް މަސްވެރިކަން ކުރުމުން، ދިވެހި ސަރުކާރުގެ ފަރާތުން ވަނީ އެ ބޯޓުގެ ވެރިފަރާތް 700،000 ރުފިޔާއިން ޖޫރިމާނާކޮށްދިނުމަށާއި ބޯޓު ދިވެހި ދައުލަތަށް ނަގައިދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.
ސިވިލް ކޯޓުން އެ މައްސަލައިގައިކުރި ހުކުމުގައި ބަޔާންކޮށްފައިވަނީ ދިވެހި ދައުލަތުން އެދުނު ގޮތަށް އެެ ބޯޓުގެ ވެރިފަރާތް 700،00 ރުފިޔާއިން ޖޫރިމާނާކޮށް، އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމްކޮށް އަދި އެ ބޯޓާއި ބޯޓުގެ ހުރިހާ ވަސީލަތްތަކެއް ދިވެހި ދައުލަތަށް ނެގުމަށް ހުކުމްކުރާ ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާހިލާފަށް ވަދެ އިންޑިއާ އަދި ސްރީ ލަންކާގެ ބޯޓުތައް އާންމުގޮތެއްގައި މަސްވެރިކަންކުރެއެވެ. އަދި އެފަދަ ބޯޓުތައް އެމްއެންޑީއެފުން އަތުލައިގަނައެވެ.
ގުޅުންހުރި
އިންޑިއާއިން، ރާއްޖެއަށް ވިއްކާ ހަކުރު ލަންކާއަށް ގެންދާ މައްސަލަ ބަލަނީ
ޕީއެންސީގެ މެންބަރު އިއްބެގެ ކުންފުނިން ޕެންޝަނަށްވާ ބައި ލައްކަ ރުފިޔާ ނުދައްކާތީ
ޔާމީން ކޯޓަށް ހުށަހެޅި ”އިންޑިއާ އައުޓް“ ގަރާރުގެ މައްސަލަ ބާތިލުކޮށްފި
ހުޅުމާލެއިން ދޫކުރި ބިންތަކެއް އަތުލި މައްސަލައިގައި އެޗްޑީސީއާ ދެކޮޅަށް ވަގުތީ އަމުރެއް
މިފްކޯއިން އަމިއްލަ ކުންފުންޏަށް ދައްކަންޖެހޭ 20 މިލިއަން ރުފިޔާގެ ހުކުމް ބާތިލެއް
ވަޒީފާއަށް ފިލައިގެން އުޅުނު ކަމަށް ބުނެ ފުލުހަކު ވަކިކުރީ ގަވާއިދާހިލާފަށް: ހައި