ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށްވުރެ ބޮޑަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންދަނީ ކަންކަން ސިއްރު ކުރަމުން ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އެމްޑީޕީގެ ކެމްޕޭން ސްޕޯކްސްޕާސަން، މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން މި ސަރުކާރުން ގެންދަނީ ރައްޔިތުންނަށް އޮޅުވާލައި ”ރޯބުހުތާނު“ ދޮގު ހަދަމުން ކަމަށެވެ. ރައީސް މުއިއްޒާ ހިސާބުން ފެށިގެން އެންމެ ދަށަށް ހުރި މީހާވެސް ދަނީ ރައްޔިތުންނަށް އޮޅުވާލަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
އީސާ ވިދާޅުވީ ސަރުކާރު ހިންގަންވާނީ ރައްޔިތުންނަށް ދެފުށް ފެންނަ ގޮތަށް ކަމަށެވެ. ރައީސް މުއިއްޒުގެ އެންމެ ބޮޑު ވައުދަކީ ދެފުށް ފެންނަ ސަރުކާރެއް ބިނާކުރުމާއި އެއްބަސްވުންތައް ސިއްރު ނުކުރުން ކަމަށެވެ.
”ހިތާމައަކީ ވެރިކަމަށް އައިފަހުން މީގެ ކުރީގެ އެ ހާމަކުރާނެ ކަމަށް ވިދާޅުވި އެއްވެސް އެއްބަސްވުމެއް ރައްޔިތުންނަށް ހާމަކޮށެއް ނުދޭ. އެ އެއްބަސްވުންތައް ކުރިއަށްވުރެ ބޮޑަށް، ކުރީ ސަރުކާރުތަކަށްވުރެ ބޮޑަށް ކުރީ ސިއްރު ކުރައްވައިފި. އަދި ވެރިކަމާ ހަވާލުވެވަޑައިގެން ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުތަކުގަ ދިވެހި ދައުލަތާ ބޭރުގެ ދައުލަތްތަކާއެކުވި ހުރިހާ އެއްބަސްވުމެއް ބޮޑުތަނުން ސިއްރުކޮށް ބޮޑުފޮށްޓަށްލައި ތަޅުލައިފި“ އީސަ ވިދާޅުވިއެވެ.
އެގޮތުން ސަރުކާރުން ވަނީ ޗައިނާއާއެކު ހެދި 13 އެއްބަސްވުން ސަރުކާރުން ސިއްރު ކޮށްފައިވާ ކަމަށް އީސަ ވިދާޅުވިއެވެ. އަދި ތުރުކީން ޑްރޯން ގަތުމަށް ހެދި އެއްބަސްވުންވެސް ސިއްރު ކޮށްފައިވާ ކަމަށެވެ.
ޑްރޯން ގަތުމުގެ މުއާމަލާތުގައި ސަރުކާރުން ކޮރަޕްޝަން ހިންގާފައިވާކަމުގެ އަޑުތަކެއް އިވޭ ކަމަށާއި ރައްޔިތުންގެ މަޖިލީހުން އެކަން ބަލާނެކަމަށް އީސަ ވިދާޅުވިއެވެ.




ގުޅުންހުރި
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި
ފިރިމީހާ ނުވަތަ އަނބިމީހާގެ ގޯއްޗެއް އޮތަސް، ގޯތި ލިބޭ ގޮތް ހަދަނީ
މޮރިޝަސްއަށް އިބޫ ފޮނުއްވި ސިޓީ އަނބުރާ ގެންނަނީ
ދިހަ ރިސޯޓެއްގެ ހިއްސާދާރުންނަށް ރައްޔިތުން، ކޮންމެ ރައްޔިތަކަށް 400 ޑޮލަރު!
ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމުން ރައީސް ވަހީދު އިސްތިއުފާދެއްވައިފި