އުތުުރު ތިލަފަޅުގައި ގާއިމުކުރަން މި ސަރުކާރުން ނިންމާފައިވާ އެގްރިކަލްޗާ އިންޑަސްޓްރިއަލް ޒޯނަށް އެ ސަރަހައްދުން 200 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި ކެމްޕޭނު އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭން ބޭރުން ކާބޯތަކެތި އެތެރެކުރުމަށް ކުރާ ހޭދަ މަދުކޮށް ރާއްޖޭގެ އިގުތިސޯދު ހަމައަކަށް އެޅުވުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، އުތުރު ތިލަފަޅުގައި އެގްރިކަލްޗާ އިންޑަސްޓްރިއަލް ޒޯނެއް ގާއިމުކުރުމަށް އެ ތަނުން 200 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުން، އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ރާއްޖޭގައި އުފެއްދޭނެ ހުރިހާ ބާވަތެއްގެ ކާބޯތަކެތި، ދިވެހި ރައްޔިތުންނަށް ބޭނުންވާ ވަރަށް އުފައްދާނެ އެވެ. އަދި ދެވަނަ ފިޔަވަހީގައި ހިންގާނީ ޓޫރިޒަމް ދާއިރާއަށް ބޭނުންވާ ވަރަށް ކާބޯތަކެތި އުފެއްދުމުގެ މަޝްރޫއުއެއް ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެ މަޝްރޫއުގެ މައި ހަބަކަށް އުތުރު ތިލަފަޅު ހެދި ނަމަވެސް، ރާއްޖޭގައި ދަނޑުވެރިކަމުގެ މަސައްކަތް ހިންގާ ރައްޔިތުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ވެސް ބައެއް ރަށްރަށް ހިމަނައިގެން، އުތުރާއި ދެކުނުގައި ހުރި ބޮޑު ބިން ހުރި ރަށްރަށުގައި މަޝްރޫއުގެ ބައިބައި ހިނގާނެ ކަމަށް ވިދާޅުވި އެވެ.
އުތުރު ތިލަފަޅުގައި ދަނޑުވެރިކަމުގެ ޒޯނެއް ހަދަން ނިންމާފައިވަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ ހަވާލުކޮށްގެންނެވެ. އަދި އެކަމަ ގުޅޭ އެއްބަސްވުމުގައި އެ ކުންފުންޏާއެކު މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންއާއި (އެމްއައިޑީ) އިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ގުޅުންހުރި
ޝަމްއާން ހައްޔަރުކުރީ ފްރޭމްކޮށްގެން: އަނބިމީހާ
ސީސީޓީވީ ފުޓޭޖު ގަޑި ދިމާނުވާތީ ޝަމީމަށް ހަމަލާދިން އެންމެން ސަލާމަތްވެއްޖެ
3އޮން3 ފުޓްސެލް މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރަކަށް ހަމްދު، ޓްރޮފީ ޕާޓްނަރަކަށް ލޭޔާ
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި 51 އަހަރުގެ މީހަކު 54 އަހަރަށް ޖަލަށްލައިފި
ރައީސްގެ ތަސައްވުރު: އެމްއެންޑީއެފްގައި އެއާފޯސްއަކާއި ނޭވީއަކާއި އާމީއެއްވެސް އުފެއްދުން!
ސިފައިންނަށް ވަސީލަތް ހޯދައިދޭތީ މަލާމާތްކުރާ މީހުނަށް ރައީސްގެ ރައްދު: ތިއީ ގައުމީ