ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، އެ މެންބަރެއްގެެ ގޮނޑި ގެއްލެން ޖެހޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ސާވޭއަކުން ދައްކައިފި އެވެ.
މި މަހުގެ 21 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބާ ގުޅިގެން ރައްޔިތުންގެ ހިޔާލު ހޯދުމަށް އެޗްއާރްސީއެމުން ކުރިއަށް ގެންދިޔަ އެ ސާވޭގައި އެކި އުމުރުފުރާގެ އަދި ދެ ޖިންސުގެ 1،000 މީހުން ބައިވެރިވި އެވެ.
އެޗްއާރްސީއެމުން އާންމުކޮށްފައިވާ އެ ސާވޭގެ ނަތީޖާ ދައްކާ ގޮތުން ސާވޭގައި ބައިވެރިވި 73 ޕަސަންޓް މީހުން ޕާޓީ ގަބޫލުކުރާ ގޮތުގައި ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލެން ޖެހޭނެ އެވެ. ނަމަވެސް 16 ޕަސެންޓް މީހުން އެކަމާ ދެކޮޅެވެ.
ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލެންޖެހޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ ޕާޓީ ބަދަލުކުރާ މެންބަރުންނާމެދު ކޮރަޕްޝަންގެ ތުހުމަތު ކުރެވޭތީ އާއި އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވި ބައެއް މެމްބަރުންތަކެއް މި ފަހުން އެހެން ޕާޓީއަކަށް ބަދަލުވެފައިވާތީ ކަމަށްވެސް އެ ސާވޭގައި ބުނެފައިވެ އެވެ.
އެޗްއާރުސީއެމުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މަދުކުރުމާ ގުޅޭ ގޮތުންވެސް ސާވޭގައި ބައިވެރިވި މީހުންނާ ސުވާލުކޮށްފަ އެވެ.
އެކަމަށް 68 ޕަސެންޓް މީހުން ތާއީދުކުރާއިރު 27 ޕަސެންޓް ބުނާ ގޮތުން މިހާރު ތިބި މެމްބަރުންގެ އަދަދާ މެދު ހިތްހަމަޖެހެއެވެ. އަދި މިހާރަށްވުރެ މެމްބަރުންގެ އަދަދު އިތުރުކުރަން ފެންނަ ކަމަށް ހަތަރު ޕަސެންޓް މީހުން ތާއީދުކުރެ އެވެ.
![](https://haftha.mv/wp-content/uploads/2024/04/Scam-call-ad-MMA.jpg)
![](https://haftha.mv/wp-content/uploads/2024/04/Scam-call-ad-MMA.jpg)
ގުޅުންހުރި
އިޒްރޭލު ޕާސްޕޯޓް މަނާކުރަން ހުށަހެޅި ބިލު މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
ޖޭއެސްސީއަށް އަބްްދުއްރަހީމްއާއި ރިޒާ އައްޔަން ކުރައްވައިފި
މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން ކަނޑައަޅައިފި
ބޭނުންވަނީ އިސްރާއީލް ޕާސްޕޯޓް މަނާކުރަން، ސަރުކާރުގެ ހުށަހެޅުމަށް ތާއީދުކުރަން: އެމްޑީޕީ
20ވަނަ މަޖިލީހުގެ ފުރަތަމަ ކުއްލި މައްސަލަ: އައްޑޫއިން ފެނުގެ ހިދުމަތް މެދުކެނޑޭ
އިޒްރޭލު ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ހުށަހަޅައިފި