ނޮވެމްބަރ 22, 2024

ކުށްކުރާ ކުދިން ޖަލަށްލާނަމަ އުފެދިގެން އަންނާނީ ކުށުގެ ޖީލެއް: ޝަމީމު

ކުށް ކުރާ ހުރިހާ ކުދިން ޖަލަށްލާނަމަ ދެން އުފެދިގެން އަންނާނީ ކުށުގެ ޖީލެއްކަމަށް ޕްރޮސިކިއުޓާ ޖެނެރެލް ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.

އއ. ރަސްދޫގެ މިސްކިތެއްްގެ ފާހަނައިގެ ތެރޭގައި ދެ ކުޑަކުދިން އިތުރު ކުޑައްކުއްޖަކަށް އަނިޔާކުރާ ވިޑިއޯ ވަނީ އާންމުވެފައެވެ. އެ ވީޑިއޯ އާންމުވުމާއެކު ވަނީ އާންމުން ވަނީ ކުޑަކުދިންވެސް ކުށުގެ ޒިންމާ ނަގަން ޖެހޭނެކަމަށް ބުނެ އެ ކުދިންނަށް އަދަބު ދިނުމަށް ގޮވާލައިފައެވެ.

ޝަމީމު ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ކުށްކުރާ ކުޑަ ކުދިންނަށް ދެނީ ފަރުވާ ކަމަށާއި އަދަބު ނުދޭ ކަމަށެވެ.

”ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ކުށްކުރާ ކުޑަކުދިންނަށް ދެނީ ފަރުވާއެވެ. އަދަބެއް ނޫނެވެ. ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު ހަގު ކުރުމަކީ ވެސް މިކަމުގައި އޮތް ހައްލެއް ނޫނެވެ. އުމުރު ހަގުކޮށްގެން، ކުށެއް ކުރެވޭ ހަމަ ކޮންމެ ކުއްޖަކު ޖަލަށް ލައިފި ނަމަ، އެ އުފެއްދެނީ ކުށްވެރިންގެ ޖީލެކެވެ. އެކުދިންނަށް ރަނގަޅުވާން ބޭނުންވާނެ ސަބަބެއް ނުފެންނާނެއެވެ. އޭގެ ނަތީޖާއަކީ، ކުށުގެ ތެރޭގައި އެކުދިންގެ އުމުރު ދުއްވާލަން ފަސްނުޖެހުމެވ“ ޝަމީމު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހުރިހާ މީހުންނަށްވެސް ކުޑައިރު ކުރެވިފައި ހުންނާނެ ކަމަށާއި އެކަމަށް އަދަބު ދިނުމުގެ ގޮތުން ޖަލަށްލިނަމަ، މިއަދު ކުޑަކުދިން ކުރާ ކުށްތަކުގެ ވާހަކަ ދައްކާނެ ބަޔަކު ނުތިބޭނެ ކަމަށެވެ.

ކުށްކުރާ ކުދިންނަށް ބޭނުންވާ ރިހިބިލިޓޭޝަން ޕްރޮގްރާމް ދެވޭނެ ފެންވަރު ރާއްޖޭގައި އެބަހުރި ކަމަށާއި ސަރުކާރުން މަސައްކަތް ކުރަންވީ އަދަބު ދިނުމުގެ ބަދަލުގައި އެ ކުދިން ރިހިބިލިޓޭޓް ކުރުމަށްކަމަށް ޝަމީމު ވިދާޅުވިއެވެ،

Leave a Reply