ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އައްޑޫގެ ކަންކަމުގައި ބަސްކިޔަން އަބަދާއި އަބަދު އެއްބަޔަކަށް ދީފައި އޮތުމުގެ ސަބަބުން ވީ ކަމެއް ނެތް ކަމަށާއި، މިފަހަރު އަޖުމަ ބަލާލުމަށް ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އެދިވަޑައިގެންފިއެވެ.
މިމަހުގެ 21 ގައި ބާއްވާ މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ފަރާތުން މަރަދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕޭން ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއިން ޒަމާނަކުވެސް އައްޑޫއަށް ހާސިލުނުވެ އޮތް ތަރައްގީ ހާސިލުކުރަން އައްޑޫ ރައްޔިތުންނަށް މި ލިބެނީ ފުރުސަތެއް ކަމަށެވެ. އައްޑޫގެ ތަރައްގީއަށް މިހާރުވެސް ގިނަ ކަންކަމެއް ސަރުކާރުން ފަށައިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
”އެހެންވީމާ އެ ގޮނޑިތައް، މަޖިލީހުގައި ތިޔަބޭފުޅުންގެ ފަރާތްޕުޅުން ތިއްބަވާ މެންބަރުންގެ ގޮތުގައި ހޮއްވަވާ ގޮނޑިތަކުގައި، މި ވިސްނުމުގައި މާނަހުރި ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމަށް އެއްބާރުލުން ދޭޭ މެންބަރުންތަކެއް މިފަހަރު ހޮއްވަވައި ދެއްވުމަކީ ތިޔަބޭފުޅުންނަށް ތިޔަބޭފުޅުންގެ ތަރައްގީއަށްޓަކާ ޖެހޭ ފާހަގަައަކަށްވާނެ،“ ރައީސް ވިދާޅުވިއެވެ.
”އެހެންވީމާ، ތަޖުރިބާ ކޮށްލުމުގެ ގޮތުން ވެސް އަޅުގަނޑު އެދެނީ، އަޖުމަ ބަލައިލުމުގެ ގޮތުން ވެސް ވިސްނާވަޑައިގެން އަޅުގަނޑު އެދެނީ މިފަހަރު އަޅުގަނޑުމެންގެ ކެންޑިޑޭޓުން ހޮވައިދެއްވުމަށް.“
ރައީސް ވިދާޅުވީ ސަރުކާރުގެ ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތުގެ ދަށުން ދެކުނުގެ ހަތަރު އަތޮޅު ހިމެނޭ ގޮތަށް އިންޓަގްރޭޓެޑް ޑިވެލޮޕްމެންޓު ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރާ އެންމެ މުހިއްމު ނާރެހަކީ އައްޑޫ ކަމަށެވެ.
”އެހެންވީމާ އައްޑޫގެ ހުރިހާ ރަށްތަކަކަށް ތަރައްގީ ގެނައުމުގައި ރައްޔިތުން އަޅުގަނޑަށް މި މަސައްކަތް ކުރުމަށް އެއްބާރުލުން ދެއްވުމަށް އަޅުގަނޑު އެދެނީ،“ ރައީސް ވިދާޅުވިއެވެ.




ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
ވާދަވެރިން ވެސް ގުޅެންވީ ޕީއެންސީއާ، ކާމިޔާބު ހޯދާނެ ފަޅިއަކީ މިއީ: ޝަހީމް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ކައުންސިލުތަކުގެ ޒިންމާއަކީ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުން: ހަލީމް