ނ. ކެނދިކުޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މިއަދު ހަވީރު ކެނދިކުޅުދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު ފައްޓަވައިދެއްވީ އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަޑް) އަލީ ޒުހޭރާއި ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްގެ ސްޓޭޓް މިނިސްޓަރު މޫސާ ފަތުހީ އެވެ. އެެ ރަސްމިއްޔާތުގައި ކެނދިކުޅުދޫ ކައުންސިލުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިތުރުން އާންމުންވެސް ބައިވެރިވެފައިވެ އެވެ.
ނ. ކެނދިކުޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގައި ސޮއިކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 1 ޖޫން 2023ގަ އެވެ. މިއީ ޖުމުލަ 90.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އާރުޑީސީން ބުނީ، މަޝްރޫއުގެ ފުރަތަމަ މަރުހަލާގައި ޖުމުލަ އަށް މަގެއްގެ މަސައްކަތް ކުރާނެ ކަމަށާއި އެއީ އެކު ޖުމުލަ 3668.1 މީޓަރު ކަމަށެވެ. އަދި ސްޓޯމް ވޯޓާ ނެޓްވޯކާއި ފެން ހިއްކުމަށް ގަޓަރުތައް ހެދުމާއި ފެނާއި ނަރުދަމާ ހިމެނޭހެން ޔުޓިލިޓީ ލައިންތަކަށް ބޭނުންވާ ޖަންކްޝަންތައް ބެހެއްޓުމާއި ދުވާރުތައް ހެދުމާއި ތާރު އެޅުމުގެ އިތުރުން މަގު ބައްތި ޖެހުމާއި ސްޕީޑް ބްރޭކަރާއި ރޯޑް ސައިން ބޯޑު ހަރުކުރުން ފަދަ މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.
އާރުޑީސީން ބުނީ، އެ މަޝްރޫއު ހިންގުމަށް ކެނދިކުޅުދޫގައި ގާއިމުކުރާ އެ ކުންފުނީގެ ސައިޓަށާއި މަގު ހެދުމުގެ މަޝްރޫއަށް ބޭނުންވާ ސާމާނުގެ އިތުރުން ވެހިކަލްތައް މިހާރު އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ.




ގުޅުންހުރި
ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދައިފި
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައި އެންސީއައިޓީ އުވާލައިފި
ކައުންސިލު އިންތިހާބަށް ކުރިމަތިލުމަށް އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ
ހިތަދޫގައި އުޅޭ ”އެސްކޭޕީ“ ގުރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހައިކޯޓަށް
ފާހަގަ ޖަހަންވީ ރަނގަޅު ނަމުގައި، ރަނގަޅު ނަމަކީ އާދަމް އާޒިމް: ވާވާ
އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު