މިއަންނަ އާދިއްތަ ދުވަހު ބާއްވާރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މެޖޯރިޓީ ކާމިޔާބު ކުރެއްވިއްޖެނަމަ ސިޔާސީ ބޭނުމަކަށް މީހުން ވަޒީފާއިން ވަކިކުރުމަކީ ގާނޫނީ ކުށަކަށް ހަދާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު، އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިރޭ ވަނީ އެކްސްގައި ވީޑިއޯއެއް އާންމު ކުރައްވައިފައެވެ. އެ ވީޑިއޯއެއްގައި ފެންނަނީ މަޖިލީހުގެ ކެމްޕޭނަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަޑައިގަތުމުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) މުވައްޒަފަކަށް ވަޒީފާގެ ބިރު ދެއްކި ވާހަކަ އާއްމުންގެ މީހަކު ހިއްސާކުރާ މަންޒަރެވެ.
އެ ވީޑިއޯ ހިއްސާ ކުރައްވައި ފައްޔާޒު ވިދާޅުވީ އެމްޑީޕީއަށް ތާއިދުކުރާ މީހުންނަށް ވަޒީފާގެ ބިރު ނުދެއްކޭނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް، އެނގިވަޑައިނުގަންނަވާތީ ހިތާމަ ކުރައްވާ ކަމަށެވެ.
”އަދި ދަންނަވަން 20 ވަނަ މަޖިލީހަށް އެމްޑީޕީ މެޖޯރިޓީ ލިބިއްޖެނަމަ ސިޔާސީ މަގުސަދަށް ވަޒީފާއިން ވަކިކުރުމަކީ ގާނޫނީ ކުށެއް ކަމުގައި ކަނޑައަޅާ ސިވިލް ސާވިސް މުވައްޒަފުންނަށް ލިބިދީފައިވާފަދަ ގާނޫނީ ރައްކާތެރިކަން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް ކަށަވަރުކޮށްދޭނަން“ ފައްޔާޒު ވިދާޅުވިއެވެ،
އެމްޑީޕީ ހޯދައިދިން މިނިވަންކަމަކީ ބިރުފަހަނައަޅާ ގޮސްފައިވާ މިނިވަންކަމެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ވަޒީފާ ހަތިޔާރަކަށް ހަދައި މުވައްޒަފުންނަށް ބިރު ދެއްކުމަކީ ފިނޑި އަމަލެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ،
މަޖިލިސް އިންތިހާބާ ދިމާކޮށް، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް ކެމްޕޭން ފެށުނީއްސުރެ އެމްޑީޕީން ދަނީ ތުހުމަތު ކުރަމުނެވެ. އެ ތުހުމަތުތައް ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.




ގުޅުންހުރި
ދެ އިންތިހާބު އެއްކޮށްލާ ވޯޓު ހުއްޓުމަށް އެމްޑީޕީން ކޯޓަށް
އެމްޑީޕީ ދެން ނަގައި ކޮޅަކަށް ނުޖެހޭނެ، ރަނގަޅު ވާނީ އާ ސިޔާސީ
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ސަރުކާރު ޖަވާބުދާރީކުރުވުމުގައި ހައްގުތަކަށް ބަލައެއް ނުލާ: ނައިބު ރައީސް
މިއީ ”ބަތްކައްކާ“ ސަރުކާރެއް، އެންމެ ގޮނޑިއެއް ވެސް ދޭން ހެޔޮނުވާނެ: އާޒިމް
ދަރިފުޅު ބެލުމަށް މުވައްޒަފުންނަށް އިތުރު ވަގުތު ދޭން އިސްލާހެއް