ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުގެ ބޭފުޅުން ހީކުރެއްވީ އެ މަނިކުފާނު އޮންނަވާނީ އުމުރު ދުވަހަށް ޖަލުގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނަށް ފުވައްމުލަކު ސިޓީއަށް މިއަދު ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ޔާމީން ވިދާޅުވީ އެ މަނިކުފާނު ޖަލުގައި ހުންނެވި އިރު ޕީޕީއެމް ޕީއެންސީގެ ތެރޭގައި ދިޔައީ މަކަރުވެރި ރޭވުންތަކެއް ރާވަމުން ކަމަށެވެ. އެ ރޭވުންތަކުގައި އެންމެ ކައިރީގައި އުޅުނު ބައެއް މީހުން ޝާމިލުވާ ކަމަށާއި އެއީ ކޮން ބައެއްކަން އެނގިވަޑައިގަންނަވާ ކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އެ މަނިކުފާނަކީ ކުށެއް ނެތް މައުސޫމް ބޭފުޅެއް ކަމަށް ސަޕޯޓަރުން ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް އެންމެ ކައިރީގައި އެއިރު އުޅުއްވި ބޭފުޅުން އެކަން ގަބޫލުކުރަން ބޭނުންނުވާ ކަމަށެވެ.
”އަޅުގަނޑާ ކައިރިން މަސައްކަތްކުރި އެންމެ ވަރުގަދަ ކަމަށް ގަބޫލުކުރި މީހުން ކީއްވެގެންތޯއޭ އެ އިތުބާރު އެ މީހުންގެ އަޅުގަނޑުގެ މައްޗަށް ނެތީ އަޅުގަނޑަކީ މައުސޫމް މީހެއް ކަމަށް، އެ މީހުން ދުށީ އަޅުގަނޑު އިންނާނީ ހުރަގޭގައޭ އަބަދު. އެއީ ގޯސް ވިސްނުން. އެއީ އެ މީހުން ހިޔާނާތްތެރިވީއޭ މިއަދު ވެސް މި ބުނާ ސަބަބަކީ“ ޔާމީން ވިދާޅުވިއެވެ.
މި ސަރުކާރުގެ އިސްވެރިންގެ ތެރޭ ތިއްބެވި ބޭފުޅުންތަކެއް އެ މަނިކުފާނަށް ބޭވަފާތެރިވެފައިވާ ކަމަށާއި އެ ބޭފުޅުން މަސައްކަތް ކުރެއްވީ އަމިއްލަ މަންފާތަކެއް ހޯދުމަށް ކަމަށް ޔާމީން ވިދާޅުވިއެވެ.




ގުޅުންހުރި
ގެދޮރުވެރިކަމުގެ ރަން ޒަމާނޭ ވިދާޅުވެ 2 ބިލިއަން ހުސްކޮށްލި އިރު، ގާބުރިއެއް
ޕީއެންސީގެ ”ފައުޖު“ މާލެ ގެނެސްފި، ޔާމީން ވެސް މިރޭ ޖަލްސާއެއް ބާއްވަނީ
ވޯޓު ކަރުދާހުގައި އަޅުގަނޑުގެ ނަން އޮންނާނެ، މާފުއްޓަށް ފައިބަން ބޭނުމެއް ނޫން:
ޝަރީއަތަށް ވަޑައިނުގެންނެވޭނެކަން ޔާމީން ކޯޓަށް އެންގެވި: ވަކީލުން
ޔާމީން ވަޑައިގެންނެވީ ދިއްދުއަށް، ކޯޓަށް ހާޒިރުނުވުމުން ފިޔަވަޅު އަޅަނީ
ވެލާބިސް އަޅާހެން އެއާޕޯޓުތައް އެޅުން ރިޝްވަތަކަށް ނުވޭތޯ؟: ޔާމީން