ގެއްލިގެން ހޯދަމުންދިޔަ މ. މަޑުއްވަރި ދޯންޏާއި އޭގައި ތިބި މީހުން ހޯދައިފި އެވެ.
ތިން މީހުންނާއެކު މަހަށް ނުކުތް ’ފަރިހި 2‘ ނަމަކަށް ކިޔާ އެ ދޯނި ގެއްލިގެން އެމްއެންޑީއެފަށް ފުލުހުން އެންގީ ރޭގެ 10:45 ހާއިރެވެ.
އެ ދޯނި ހޯދުމަށް މ. މުލީގައި އޮންނަ ކޯސްޓްގާޑް ހާބާކްރާފްޓް 114 ރޭގެ 11:20 އިން ފެށިގެން ހަރަކާތްތެރި ވަމުންދިޔަ އިރު، ކޯސްޓްގާޑުގެ ފާަސްޓް އިންޓަސެޕްޓާ ކްރާފްޓް ’މާފަތް‘ ވެސް ދިޔައީ ހަރަކާތްތެރިވަމުންނެވެ.
އަދި ރޭ ދަންވަރު 2:00 ޖަހާކަންހާއިރު އެމްއެންޑީއެފް ވައިބާރުން ޑްރޯން އެ ސަރަހައްދަށް އުދުއްސާލާފައިވެ އެވެ. މިއީ މިފަދަ އޮޕަރޭޝަނެއްގައި ޑްރޯން ބޭނުންކުރާ ފުރަތަަމަ ފަހަރެވެ.
ދޯނި ގެއްލިގެން ރިޕޯޓްކުރިތާ 18 ގަޑިއިރު ފަހުން އެމްއެންޑީއެފުން ބުނީ، އެ ދޯނި ހޯދުމަށް ޑްރޯން އާއި ކޯސްޓްގާޑުގެ އުޅަނދުފަހަރު ބޭނުންކޮށްގެން ކަނޑާއި ވައިގެ މަގުން ކުރި މަސައްކަތުން މ. ރަތްމަންދޫގެ 23 ނޯޓިކަލް މޭލު ބޭރުން އިންޖީން ހުއްޓިފަައިވަނިކޮށް ހޯދާފައިވާ ކަމަށެވެ.
އަދި ދޯނީގައި ތިބި ތިން މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ބުންޏެވެ.




ގުޅުންހުރި
15,000 ރުފިޔާ ދޭނަމޭ ބުނުމުން ހަވާލުވި ލަގެޖުގައި ޑުރަގް!
15 އަހަރުވުމުން ޔުނިވާސިޓީގެ ދަރަޖަ ލިބޭގޮތަށް ހުށަހެޅި އިސްލާހު ފާސްކޮށްފި
އަމާޒަކީ ހިތަދޫއާ ހުޅުދޫ އާއި މީދޫ ގުޅުވައިލުމުގެ ބުރިޖުގެ މަސައްކަތް އަންނަ
ހުޅުދޫ އާއި މީދޫގެ ނިންމުމާއެކު، ތަރައްގީގެ އެތައް މަސައްކަތްތަކަކަށް މަގުފަހިވާނެ: ރައީސް
ހިތަދޫގައި ފުލެޓަކުން ވެއްޓުނު ކުއްޖަކަށް އައިސީޔޫގައި ފަރުވާދެނީ
ރައީސް މުއިއްޒުގެ ވެރިކަމުގައި ހުޅުދޫ އާއި މީދޫ ވެގެންދާނީ ދުބާއީ އާއި