އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދަން މާދަމާގެ ވޯޓުގައި އެ މަނިކުފާނަށް އެހީތެރިކަން ދެއްވައިފި ނަމަ، ނަތީޖާ ނެރެ ދައްކާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ނިންމާލުމަށް މާލޭގައި ބޭއްވި ހިނގާލުމަށްފަހު ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދެއްވެއްޖެއްޔާ އެ ވައުދެއް ފުއްދަވާނެ ކަމަށާއި ނަތީޖާ ނެރެދެއްވާނެ ކަމަށެވެ.
އަދި ނަތީޖާ ނެރުމުގައި އެންމެ ސިކުންތެއްވެސް ބޭކާރު ވެގެންދާކަށް ބޭނުންފުޅު ނުވާ ކަމަށާއި އެހެންކަމުން މާދަމާ ދެއްވާ ވޯޓަކީ ނަތީޖާ ނެރުމަށް ދެއްވާ ވޯޓަކަށް ހެއްދެވުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.
”ސީރިއަސް މަސައްކަތެއް ކުރަން އަޅުގަނޑު މިހުރީ. އަޅުގަނޑުމެންގެ ސަރުކާރު މަސައްކަތް ކުރާނީ ސީރިއަސްކަމާއެކީގައި. އިހުލާސްތެރިކަމާއެކީ. މަޖިލީހަށް އެހެންވެގެން ބޭނުންވަނީ ސަރުކާރަށް ތާއީދުކުރާ 93 ކެންޑިޑޭޓުން ހޮވަން… ކީއްކުރަންތޯ ވަގުތު ބޭކާރުކޮށްލަންވީ؟ ފަސް އަހަރު ތެރޭގައި ކީއްކުރަންތޯ އެހެން ވިސްނުމެއްގެ ބަޔަކަށް އެތަނުން (މަޖިލީހުން) ޖާގަ ދޭންވީ؟ ކޮން ކަމެއްތޯ އޭގެން ހާސިލުވާނީ. ހާސިލެއް ނުވާނެ އެއްކަމެއްވެސް. އެއްކަމެއްވެސް ހާސިލެއް ނުވާނެ. ހަމައެކަނި ލިބޭނީ ދެރަ،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ސަރުކާރަށް މިވީ ފަސް މަސް ދުވަހުގެ ތެރޭގައި ފެނިގެން ގޮސްފައިވަނީ ވެވަޑައިގެންނެވި ވައުދުތައް ރަނުން ރަނަށް ފުއްދަމުންދިޔަ މަންޒަރު ކަމަށާއި ހުރިހާ ދަތިކަމެއްގެ ތެރޭގައިވެސް އެކަން ފެނިގެން ގޮސްފައިވާނެ ކަމަށެވެ.
”އަޅުގަނޑު ﷲ ގަންދީ ހުވާ ކުރީ. އަޅުގަނޑަށް މުހިންމު އަޅުގަނޑުވީ ހުވާގެ މަތީގައި އަޅުގަނޑު ލާ ނޭވާ ކޮންމެ ސިކުންތަކުވެސް ލެވިގެންދާން. އަޅުގަނޑަށް މުހިންމު އަޅުގަނޑު ކުރާ މަސައްކަތުގައި ނަތީޖާ ނެރެދޭން. ރައްޔިތުންނަށްޓަކައި އަޅުގަނޑުވީ ވައުދުތައް ފުއްދަން. އަޅުގަނޑަށް އެހީތެރިކަން ދެއްވަވާ މާދަމާ. އަޅުގަނޑު ނަތީޖާ ނެރެ ދައްކަދޭނަން،“ ވަރަށް ޖޯޝާއެކު ރައީސް ވިދާޅުވި އެވެ.




ގުޅުންހުރި
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!
ޑުރަގް ވިޔަފާރިކޮށް މަނީ ލޯންޑާކުރާ ބޮޑުން ހޯދަން ގއ. އަތޮޅުގައި ބޮޑު