ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މިއަދު ބާއްވާއިރު މިއަދު މާޅޭ ސަރަހައްދުގައި އިހުސާސް ކުރެވޭ ހޫނުމިން 44 ޑިގްރީއިން މަތީގައި ކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މިއީ ރާއްޖެއަށް އެންމެ ހޫނު ގަދަ ދުވަސްވަރު ކަމަށް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން މިއަދު ބުނީ މާލޭ ސަަރަހައްދުގެ އިހުސާސް ކުރެވޭ ހޫނުމިން ހުރީ 44.2 ޑިގްރީ ސެލްސިއަސް ކަމަށެވެ. މެޓް އޮފީހުން ބުނީ މާލޭ ސަރަހައްދު ފިޔަވައި ދެން އެންމެ ހޫނުކަން ގަދައީ ހދ. ހަނިމާދޫއަށް ކަމަށެވެ. ހަނިމާދޫގައި އިހުސާސް ކުރެވޭ ހޫނު މިން ހުރީ 43.7 ޑިގްރީ ސެލްސިއަސްގައެވެ.
އަދި ކައްދޫގެ އިހުސާސް ކުރެވޭ ހޫނު މިނަކީ 42.8 ޑިގްރީ ސެލްސިއަސް ކަމަށާއި ގދ. ކާޑެއްދުގެ ހޫނުމިން 42.2 ޑިގްރީ ސެލްސިއަސްގައެވެ. އަދި ސ. ގަމަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 41.1 ޑިގްރީ ސެލްސިއަސްގައި ކަމަށް މެޓް އޮފީހުން ބުންޏެވެ.

ގުޅުންހުރި
ރައީސްގެ ވަޓްސްއެޕް ޗެނަލެއް، 6 ގަޑިއިރު ތެރޭ 2،000 މީހުން ވަދެއްޖެ
މިއަދަކީ އެކްސްޕޯ 2025 ގެ ފަހު ދުވަސް، 40 އެގްޒިބިޓަރުން ބައިވެރިވި!
ކޮރަޕްޝަންގެ މައްސަލައެއް ބަލަން އޭސީސީ އާއި ފުލުހުން، އެގްރިކަލްޗާ މިނިސްޓްރީއަށް ވަދެއްޖެ
މާންދީއާއި މާޒް ސަލީމް ބަރަހަނާކޮށް ފޮޓޯ ނަގަން އަމުރުކޮށްފި
ޖާހްގެ ބޭންކު އެކައުންޓްތަކުގައި ފައިސާ ފައިސާ ހުރި ނަމަ ހިފަހައްޓަން އަމުރުކޮށްފި
ސީއެސްސީއަށް މުޖުތާޒް އައްޔަންކުރައްވައިފި