މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ކަނޑައަޅާފައިވާ ގަޑި ހަމަވެ، ބައެއް ފޮށިތަކުގެ ކިޔު ލައިންތަކާއި ފޮށިތައް ބަންދުކުރަން ފަށައިފިއެވެ.
މަޖިލިސް އިންތިހާބުގައި ވޯޓުލުން ފަށާފައިވަނީ 8:00 ޖެހިއިރުއެވެ. ވޯޓުލުން ކުރިއަށް ގެންދިޔައީ ހަވީރު 5:30 ހާ ހަމަޔަށެވެ. އެ ވަގުތަށްފަހު ވޯޓު ލެވޭނީ ވަގުތު ހަވަމުގެ ކުރިން ކިޔު ލައިނުގައި ތިބި މީހުންނަށް އެކަންޏެވެ.
އިލެކްޝަން ކޮމިޝަން (އީސީ)ން ބުނީ ވޯޓް ގުނަން ފަށާނީ ވޯޓް ފޮށި ބަންދުކުރާތާ 30 މިނެޓް ފަހުންނެވެ.
އީސީން ތަފާސްހިސާބުން ދައްކާ ގޮތުން 5:00 އާ ހަމައަށް 207,693 އަށް ވުރެ ގިނަ މީހުން ވޯޓުލައިފައި ވެ އެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 72.96 ޕަސެންޓެވެ.




ގުޅުންހުރި
ދަރިފުޅު ބެލުމަށް މުވައްޒަފުންނަށް އިތުރު ވަގުތު ދޭން އިސްލާހެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް