މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީ އިން މިހާތަނަށް 50 ގޮނޑި ހޯދައިފި އެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަކަށް މެންބަރުން ވަނީ އިންތިހާބުކޮށްފަ އެވެ. މަޖިލީހުގެ މެޖޯރިޓީއަކީ ދެބައި ކުޅަ އެއްބައި ކަމަށްވާ 47 ގޮނޑި އެވެ. ސުޕަ މެޖޯރިޓީ އަކީ މަޖިލީހުގެ ހަތަރުބައިކުޅަ ތިން ބައި ކަމަށްވާ 70 ގޮނޑި އެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީއަށް 11 ގޮނޑި ކާމިޔާބު ކުރެވުނުއިރު ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، އެމްއެންއެޕީ، އެމްޑީއޭ އަދި ދަ ޑިމޮކްރެޓްސްއަށް ކާމިޔާބުވެފައިވަނީ އެއް ގޮނޑި އެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ހަތް ކެންޑިޑޭޓަކު ވަނީ ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުން މި ފަހަރުގެ މަޖިލިސް އިންތިހާބުގައި 207,693 މީހުން ވޯޓުލި އެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 72.96 ޕަސެންޓެވެ.




ގުޅުންހުރި
ސައީދުގެ މައްޗަށް އިއްވި ޖަލު ހުކުމް އިސްތިއުނާފުކޮށްފި
ވައި ނުސާފުވުމުން މޭޔަރު އާޒިމްގެ އިލްތިމާސް: މާސްކު އަޅުއްވާ، ބޭރަށް ނުކުމެ
މާލެ އަތޮޅުގައި ހިންގާ ފަޅު ހިއްކުމުގެ މަޝްރޫއުތަކާ ގުޅިގެން ގިނަ ޝަކުވާތަކެއް،
ވީއައިއޭގެ އާ ޓާމިނަލުން 5 މަސްތެރޭ 500،000 ފަސިންޖަރުންނަށް ހިދުމަތް ދީފި
ޕީއެންސީގެ ޕްރައިމަރީގައި 290 އަށްވުރެ ގިނަ ކެންޑިޑޭޓުން
މާލޭގެ ގެއެއް ބަލައި ފާސްކޮށް، ޑްރަގާއެކު ބަޔަކު ހައްޔަރުކޮށްފި