ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރެޑްވޭވްގެ ވެރިޔާ އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި ވިލާ ކުންފުނީގެ ވެރިޔާ ގާސިމް އިބްރާހީމްއާއި ސަންގެ ވެރިޔާ އަހުމަދު ސިޔާމް (ސަން ސިޔާމް) ވެސް މިއަދު ބޭއްވި 20 މަޖިލިހުގެ އިންތިހާބު ކާމިޔާބު ކުރައްވައިފި އެވެ.
މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ދ. މީދޫ ދާއިރާގެ ގޮނޑި މިހާރު ވެސް އެ ދާއިރާގެ މެންބަރުކަން ކުރައްވާ ރައީސް ސިޔާމް ވަނީ ދިފާއުކުރައްވައިފަ އެވެ. މިއީ ސިޔާމް މަޖިލީހުގެ ގޮނޑި ދިފާއުކުރެއްވި ފަސް ވަނަ ފަހަރެވެ.
މާމިނގިލި ދާއިރާގެ ގޮނޑި މިފަހަރު ވެސް ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ދާއިރާގެ މެންބަރުކަން ކުރައްވާ ގާސިމް އިބްރާހިމެވެ. އެ ދާއިރާގެ މެމްބަރުކަން އޭނާ ކުރައްވާނެ މިއީ ހަތަރު ވަނަ ފަހަރެވެ. އޭގެ ކުރިން ހާއްސަ މަޖިލީހުގެ މެމްބަރުކަމާއި އެ މަޖިލީހުގެ ރައީސްކަން ވެސް ގާސިމް ކުރެއްވި އެވެ.
އޭދަފުށި ދާއިރާގެ ގޮނޑި، މިހާރު ވެސް އެ ދާއިރާގެ މެމްބަރުކަން ކުރައްވާ ރެޑްވޭވް ސަލީމް ކާމިޔާބު ކުރެއްވި އިރު، މިއީ އޭނާ އެ ގޮނޑި ކާމިޔާބުކުރެއްވި ހަތަރު ވަނަ ފަހަރެވެ. މި ފަހަރުގެ އިންތިހާބުގައި އޭނާގެ ދަރިފުޅު އިބްރާހިމް ނައުފަލް ވަނީ މުލަކު ދާއިރާގެ ގޮނޑި ހޯއްދަވައިފަ އެވެ.

ގުޅުންހުރި
ރައީސްގެ ވަޓްސްއެޕް ޗެނަލެއް، 6 ގަޑިއިރު ތެރޭ 2،000 މީހުން ވަދެއްޖެ
މިއަދަކީ އެކްސްޕޯ 2025 ގެ ފަހު ދުވަސް، 40 އެގްޒިބިޓަރުން ބައިވެރިވި!
ކޮރަޕްޝަންގެ މައްސަލައެއް ބަލަން އޭސީސީ އާއި ފުލުހުން، އެގްރިކަލްޗާ މިނިސްޓްރީއަށް ވަދެއްޖެ
މާންދީއާއި މާޒް ސަލީމް ބަރަހަނާކޮށް ފޮޓޯ ނަގަން އަމުރުކޮށްފި
ޖާހްގެ ބޭންކު އެކައުންޓްތަކުގައި ފައިސާ ފައިސާ ހުރި ނަމަ ހިފަހައްޓަން އަމުރުކޮށްފި
ސީއެސްސީއަށް މުޖުތާޒް އައްޔަންކުރައްވައިފި