މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރަޓީ ސަރުކާރު ހިންގާ ޕީއެންސީއަށް ލިބިއްޖެ އެވެ.
މަޖިލިސް އިންތިހާބުގެ ވޯޓުލުން ނިމި ވަގުތީ ނަތީޖާތައް އިއުލާން ކުރަމުންދާއިރު މިހާތަނަށް ލިބިފައިވާ ނަތީޖާ އިން ދައްކާ ގޮތުގައި ޕީއެންސީއަށް 71 ގޮނޑި ވަނީ ކަށަވަރުވެފަ އެވެ.
ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބާރާ އެކު، 20 ވަނަ މަޖިލީހަށް އިންތިހާބު ކުރާ 93 މެމްބަރުންގެ ސުޕަ މެޖޯރިޓީ ނުވަތަ ހަތަރު ބައި ކުޅަ ތިން ބައި ހޯދަން ބޭނުން ވަނީ 70 ގޮނޑި އެވެ.
ވަގުތީ ނަތީޖާއިން ދައްކާގޮތުގައި މިހާތަނަށް:
-
ޕީއެންސީއަށް – 71 ގޮނޑި
-
އެމްޑީޕީއަށް – 12 ގޮނޑި
-
އަމިއްލަ – 6 ގޮނޑި
-
އެމްޑީއޭ – 2 ގޮނޑި
-
ޖުމްހޫރީ ޕާޓީ – 1 ގޮނޑި
-
އެމްއެންޕީ – 1 ގޮނޑި
މި ނަތީޖާއަށް ބަލާއިރު ސަރުކާރާ ގުޅިގެން މަސައްކަތް ކުރާ އެމްއެންޕީ، ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭގެ ގޮނޑިތަކުގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ޕީއެންސީން ތާއީދު ކުރެއްވި ކެންޑިޑޭޓުން ލައިގެން ސަރުކާރަށް 76 ގޮނޑި ލިބެ އެވެ.
މިހާތަނަށް އެއްވެސް ގޮނޑިއެއް ކާމިޔާބު ނުކުރެވެނީ ދަ ޑިމޮކްރެޓްސް އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ވާދަކުރެއްވި ކެންޑިޑޭޓުންނަށެވެ.

ގުޅުންހުރި
ރައީސްގެ ވަޓްސްއެޕް ޗެނަލެއް، 6 ގަޑިއިރު ތެރޭ 2،000 މީހުން ވަދެއްޖެ
މިއަދަކީ އެކްސްޕޯ 2025 ގެ ފަހު ދުވަސް، 40 އެގްޒިބިޓަރުން ބައިވެރިވި!
ކޮރަޕްޝަންގެ މައްސަލައެއް ބަލަން އޭސީސީ އާއި ފުލުހުން، އެގްރިކަލްޗާ މިނިސްޓްރީއަށް ވަދެއްޖެ
މާންދީއާއި މާޒް ސަލީމް ބަރަހަނާކޮށް ފޮޓޯ ނަގަން އަމުރުކޮށްފި
ޖާހްގެ ބޭންކު އެކައުންޓްތަކުގައި ފައިސާ ފައިސާ ހުރި ނަމަ ހިފަހައްޓަން އަމުރުކޮށްފި
ސީއެސްސީއަށް މުޖުތާޒް އައްޔަންކުރައްވައިފި