ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި މަޖިލީހުގެ މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް އައްޔަން ކުރައްވައިފިިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ދެ ބޭފެޅުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވައިފަ އެވެ.
ޖޭއެސްސީއަށް އަބްދުއްރަޙީމް އައްޔަންކުރައްވާފައި ވަނީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ. ހުސައިން ރިޒާ އައްޔަންކުރައްވާފައި ވަނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.
އެ ދެ ބޭފުޅުންނަށް ޖޭއެސްސީގެ މެންބަރުކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.



