އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އެ ގައުމުގެ ބޮޑުވަޒީރުކަމުގެ ހުވާ ތިންވަނަ ދައުރަކަށް ކުރައްވައިފި އެވެ.
މޯދީ ހުވާކުރެއްވީ އިންޑިއާގެ ވެރިއަށް ދިއްލީގައި ހުންނަ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައި ބޭއްވި ރަސްމިއްޔާތެއްގައި މިއަދުގެ ހަވީރުގެ ވަގުތެއްގަ އެވެ.
އެ ރަސްމިއްޔާތުގައި 72 މިނިސްޓަރުން ހުވާ ކުރައްވައި ވަނީ ކެބިނެޓް ވެސް އެކުލަވާލައިފަ އެވެ. އޭގެ ތެރޭގައި މޯދީގެ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) އިސްކޮށް އޮންނަ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ)ގައި ހިމެނޭ ޕާޓީތަކަށް ނިސްބަތްވާ 11 މިނިސްޓަރުންނާއި ކުރީ ސަރުކާރުތަކުގައި މިނިސްޓަރުކަން ކުރެއްވި 39 މީހުން ހިމެނޭ ކަމަށް އެ މީޑިއާއިން ރިޕޯޓުކުރިއެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެއިން އައުލަބިއްޔަތު ހޯދުމަށް ބީޖޭޕީން މަސައްކަތް ކުރި ނަމަވެސް، އެ ޕާޓީއަށް 543 ގޮނޑީގެ ތެރެއިން ލިބުނީ 240 ގޮނޑިއެވެ. އެހެންވެ މޯދީއަށް ޖެހިވަޑައިގަތީ ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށެވެ.

ގުޅުންހުރި
ސްޓެލްކޯގެ އިންޖިނިއަރުންނަށް ރަތް ދޫލައިގެ މަރުހަބާއެއް ކިޔައި ހާއްސަ ހަފުލާއެއް
ބަނގުރަލުގެ ވިިޔަފާރި ކުރިކަމަށް ތުހުމަތު ކުރެވޭ 3 މީހުން ޑީޕޯޓް ކުރަނީ
މަޝްވަރާނުކޮށް މީޑިއާ ކޮމިޝަން ބިލް ހުށަހެޅުމުން ބްރޯޑްކޮމްއިން ކަންބޮޑުވުން ފާޅުކޮށްފި
ޝީ ޖިންޕިންއާ ރައީސް ބައްދަލުކުރައްވައިފި، މަޝްވަރާކުރީ ގުޅުން ހަރުދަނާކުރަން
ހިތުގެ ހާއްސަ ޑޮކްޓަރަކު ހިތް ހުއްޓިގެން މަރުވެއްޖެ
ކުޑަ ކުއްޖަކު ރޭޕްކުރި ދެ ފިރިހެނަކަށް 7 އަހަރު ފަހުން ހުކުމްކޮށްފި