ޔޫރަޕުގެ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ޔޫރޯއާ ދިމާކޮށް އެސްޓީއޯ އިން ޕްރޮމޯޝަނެއް ފަށައިފި އެވެ.
މިއަދުން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މައި ފިހާރަ އަދި އަތޮޅު ތެރޭގެ ފިހާރަތަކުގައި ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.
ޕްރޮމޯޝަންގެ ދަށުން ޑިސްކައުންޓް ލިބޭނީ ފިލިޕްސް ބްރޭންޑްގެ ޓީވީ، ހޯމް ތިއޭޓާ ސިސްޓަމް، އަދި ހެޑްފޯންގެ އިތުރުން ބޮކްސްލައިޓް ބްރޭންޑްގެ ޕްރޮޖެކްޓަރުންނެވެ.
އެސްޓީއޯ އިން ބުނީ، އެ ޕްރޮމޯޝަންގައި ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. އަދި ގުރުއަތުން ހޮވޭ ފަރާތަކަށް ބައި ލައްކަ ރުފިޔާގެ އިނާމެއް ލިބޭނެ ކަމަށް ބުންޏެވެ.
އޭގެ އިތުރުން ޔޫރޯގެ ކޮންމެ މެޗެއްގެ ނަތީޖާ ދިމާ ކުރުމުގެ ފުރުސަތު އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފޭސްބުކް ޕޭޖުގައި ހުޅުވާލަން ވަނީ ނިންމައިފަ އެވެ. އެގޮތުން:
- ގްރޫޕް ސްޓޭޖުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް: ހޯމް ތިއޭޓާ ސިސްޓަމެއް
- ދެވަނަ ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް: 32 އިންޗީގެ ޓީވީއަކާއި ހޯމް ތިއޭޓާ ސިސްޓަމެއް.
- ކުއާޓާ ފައިނަލުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް: 43 އިންޗީގެ ޓީވީއަކާއި ހޯމް ތިއޭޓާ ސިސްޓަމެއް.
- ފައިނަލް މެޗުގެ ނަތީޖާ ދިމާކުރާ ފަރާތަކަށް: 65 އިންޗީގެ ޓީވީއެއް
އެސްޓީއޯ އިން ބުނީ، ކޮންމެ ބުރެއްގައިވެސް ޕޮއިންޓް އެއްވަރު ވެއްޖެނަމަ އިނާމު ލިބޭ ފަރާތް ހޮވާނީ ގުރުއަތުން ކަމަށެވެ.

ގުޅުންހުރި
އިޒްރޭލުން ގޭސް ގަންނަން މިސްރުން އެއްބަސްވެއްޖެ، އަގު 35 ބިލިއަން ޑޮލަރު!
އެސްޓީއޯގެ ބެކް ޓު ސްކޫލް ޕްރޮމޯޝަން ފަށައިފި
އެސްޓީއޯ އިން ހުޅުމާލޭގައި ހިންގި ސްމާޓް ސްޓޯރު، ފާމަސީއަކަށް ބަދަލުކޮށް ހުޅުވައިފި
މެލޭޝިއާ އެއާލައިންސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
ދިރާގުން މި އަހަރު ދޭނީ އެންމެ ސްޕީޑްބޯޓެއް ނޫން، ކޮންމެ ހަ
އެސްޓީއޯ ރަމަޟާން ބާޒާރު ޕްރޮމޯޝަން: 1 ލައްކަ ރުފިޔާގެ ނަސީބުވެރިޔާ ހޮވައިފި