ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެވޭނެ ފަހި އަދި ފުރިހަމަ އިންތިޒާމުތަކެއް ހައްޖާޖީންނަށް ހަމަޖައްސާދީފައިވާތީ ސައުދީ އަރަބިއްޔާގެ ސަރުކާރަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ޝުކުރު އަދާކުރައްވައިފި އެވެ.
ރައީީސް މުއިއްޒު މި ޝުކުރު އަދާކުރެއްވީ ސައުދީ އަރަބިއްޔާގެ ވަލީއަހްދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދަށް ފޮނުއްވި ސިޓީފުޅެއްގަ އެވެ.
އެ ސިޓީފުޅުގައި ރައީސް މުއިއްޒު ވަނީ ހައްޖުގެ މަތިވެރި މި ދުވަސްވަރު އޯގާތެރިކަމާއި ދީލަތިކަން އަދި އެއްބައިވަންތަކަމުގެ އުސޫލުތައް މުސްލިމް އުއްމަތުން ދަމަހައްޓައި އެއްބައިވަންތަކަމާއި ސުލްހަ މަސަލަސްކަން މި އުއްމަތަށް މިންވަރު ކުރެއްވުން އެދި ދުއާކުރައްވައިފަ އެވެ.
އަދި ވަނީ އަޟްހާ އީދުގެ އުފާވެރި މުނާސަބަތުގައި ވަލީއަހުދާއި ސައުދީ ސަރުކާރަށު އަދި ސައުދީ ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ތަހުނިޔާ އަދި ހެޔޮއެދުންތައް ފޮނުއްވާ ކަމަށެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ވަނީ ވަލީއަހުދާއި ސައުދީ ރައްޔިތުންނަށް އުފާވެރިކަމާއި ފާގަތިކަން އެދިވަޑައިގަންނަވާފަ އެވެ.
ރާއްޖެ އިން މި އަހަރު 1،150 އަށް ވުރެ ގިނަ މީހުން ހައްޖަށް ދިޔަ އެވެ. އޭގެ ތެރެއިން އެކަކު ވަނީ ނިޔާވެފަ އެވެ. ބާކީ ތިބި އެންމެންގެ ހާލު ރަނގަޅެވެ.




ގުޅުންހުރި
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
ކޮންމެ މީހަކު ވެސް އިސްލާހު ގެންނަން ފަށަންވީ އަމިއްލަ ނަފުސާ ހަމައިން:
ދެ އިންތިހާބު އެއްކޮށްލުމަށް ހިޔާލު ހޯދުމުގެ ވޯޓު، ކައުންސިލު އިންތިހާބާއެކު ބާއްވަން
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ