މާލެ ސިޓީ ކައުންސިލުން ހުސްވި ތިން ގޮނޑިއަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގައި އެ ތިން ގޮނޑިއަށްވެސް ވާދަކުރަނީ ސަރުކާރު ހިންގާ ޕީއެންސީ އަދި އިދިކޮޅު މައި ޕާޓީ އެމްޑީޕީ އިން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ
މާލެ ސިޓީ ކައުންސިލުން ތިން ގޮނޑިއެއް ހުސްވީ އެ ގޮނޑިތަކަށް އިންތިހާބުވި މެންބަރުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި ވާދަކޮށް ކާމިޔާބު ހޯއްދެވުމުންނެވެ.
އެގޮތުން މާލެ ސިޓީ ކައުންސިލުން ހުސްވި ތިން ގޮނޑިއަކީ:
- ހުޅުމާލެ ދާއިރާގެ ގޮނޑި
- މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި
- ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑި
އެ ދާއިރާތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި މަހުގެ މަހުގެ 14 ވަނަ ދުވަހަށް ހަމަވެފައިވާއިރު، އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އީސީން ވަނީ ތަރުތީބުކޮށްފަ އެވެ.
މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑިއަށް ވާދަކުރާނީ:
- ފާތިމަތު އިޝާން އަލީ (ޕީއެންސީ)
- ހައްވާ ޝިފާނާ (އެމްޑީޕީ)
މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑިއަށްް ވާދަކުރަނީ:
- ފާތިމަތު ޝައުފާ ސަލީމް (ޕީއެންސީ)
- މުހައްމަދު އަލީ ޖިނާދު (އެމްޑީޕީ)
މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާ ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ:
- އަލީ އައިމަން (ޕީއެންސީ)
- އަހުމަދު ރަޝީދު (ތުތީ) (އެމްޑީޕީ)
މި ދާއިރާތަކަށް މެންބަރުން އިންތިހާބު ކުރުމަށް ވޯޓުލުން ކުރިއަށްދާނީ އަންނަ ޖުލައި 20 ވަނަ ދުވަހު އެވެ.




ގުޅުންހުރި
ކައުންސިލް އިންތިހާބު: ވޯޓުލެވެނީ 294،937 މީހުންނަށް، ޖުމުލަ 621 ވޯޓު ފޮށި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް
ވެރިކަންކުރާ ޕީއެންސީގައި 74،000 މެންބަރުން، އެމްޑީޕީގައި 43،700 މީހުން
އެމްޑީޕީގެ ޗެއާޕާސަންކަމަށް ރީކޯ މޫސަގެ ޝައުގުވެރިކަން
ކައުންސިލުގެ ފްލޯއަކީ ޑްރާމާ ކުޅެ، މާލޭގެ ބިންތައް ވިއްކަން އޮންނަ ތަނެއް
ކައުންސިލު އިންތިހާބަށް ކެންޑިޑޭޓުން ހޮވުމަށް ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން ފަށައިފި