ނުވަ މަސް ދުވަހަށް ފުޓުބޯޅައާ ގުޅުންހުރި އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ފީފާ އިން ސަސްޕެންޑް ކޮށްފި އެވެ.
ފީފާގެ ކޯޑް އޮފް އެތިކްސްގެ އާޓިކަލް 86 އަކަށް ރިއަޔަތްކޮށް ބައްސާމް ސަސްޕެންޑް ކުރަން ނިންމާފައި ވަނީ ފީފާގެ އިންޑިޕެންޑެންޓް އެތިކްސް ކޮމިޓީންނެވެ.
ފީފާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބައްސާމް ސަސްޕެންޑް ކުރަން އިންވެސްޓިގޭޓަރީ ޗެމްބާ އިން އެންގީ ރާއްޖޭގެ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހިންގަމުންދާ ބައްސާމްގެ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ތަހުގީގާ ގުޅިގެންނާއި ފީފާ ފަންޑުން ނާޖައިޒު ބޭނުންތައް ހިފައި، އެ ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ މައްސަލަވެސް ބަލަމުންދާތީ ކަމަށެެވެ.
އަދި މިދިޔަ އަހަރު އޮކްޓޯބަރު މަހު ފުލުހުން އެފްއޭއެމް ހައުސްއަށް ވަން ވަނުންވެސް އިންވެސްޓިގޭޓަރީ ޗެމްބާގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ފީފާއިން ބުނެފައި ވަނީ ރާއްޖެއިން މިހާތަނަށް ހިންގާފައި ތަހުގީގުގެ އިތުރުން ފީފާ އާއި އޭއެފްސީގެ ޓީމުން ރާއްޖެ އައިސް ބެލިބެލުމުން ގޯސް ކަންތައްތަކެއް ހިންގާފައިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ތަހުގީގުގެ އަލަތު މަރުހަލާ އިން ފާހަގަވާ ކަންކަމުގެ ތެރޭގައި ބައްސާމް، މަގާމުގެ ނުފޫޒު ބޭނުންކުރުމާއި ހަދިޔާ ނެގުމާއި އަމިއްލަ ނާޖައިޒު ފައިދާތައް ނެގުމުގެ އިތުރުން ފަންޑުތަކުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރިކަމަށް ލަފާކުރެވޭ ކަމަށްވެސް ބުނެފައިވެ އެވެ.
ބައްސާމް ނުވަ މަހަށް ސަސްޕެންޑް ކުރި އިރު، އޭނާގެ އެފްއޭއެމް ދައުރު އަންނަ ޖުލައި މަހު ތެރޭގައި ހަމަވާނެ އެވެ.




ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް