މަޖީދިއްޔަ ސްކޫލު ސަރަހައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކުގެ ތެރެއިން އެއް ކޭބަލް ބުރިކޮށް ވަގަށް ނަގައިފި އެވެ.
ސްޓެލްކޯ އިން ބުނީ, އެއް ކޭބަލް ބުރިކޮށް ވަގަށް ނެގުމުގެ އިތުރުން އިތުރު ކޭބަލެއް ބުރިކުރުމަށް މަސައްކަތް ވެސް ކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މަޖީދިއްޔާ ސްކޫލު ހިމެނޭހެން, ހެންވޭރުގެ އަބަދަށްފެހި މަގާއި މެދުޒިޔާރަތްމަގާއި ކަޅުހުރާ މަގު އަދި ކަރަންކާ މަގުގެ ބައެއް ގެތަކުން ކަރަންޓު ކެނޑިފައިވާ ކަމަށް ބުންޏެވެ.
އެކަން ހައްލުކުރުމަށް އާ ކޭބަލެއް އެޅުމުގެ މަސައްކަތް ސެޓެލްކޯ އިން ދަނީ ކުރަމުންނެވެ.
އެ ހާދިސާއާ ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތައް ބުރިކުރަން އުޅުމަކީ އެކަން ކުރާ މީހުންނަށް އިންތިހާއަށް ނުރައްކާ އޮތް ކަމެއް ކަމަށެވެ.
އަދި އެކަމުގެ ސަބަބުން ސްޓެލްކޯއަށް ލިބޭ ގެއްލުމުގެ އިތުރުން އާންމު ރައްޔިތުން ކަރަންޓުގެ ހިދުމަތުން މަހުރޫމު ކުރެވި, ލިބޭ ގެއްލުންތަކުން ސަލާމަތް ކުރުމަށްޓަކައި އެފަދަ އަމަލުތައް ކުރާ މީހުންނާއި ވަގަށް ނަގާފައިވާ އެފަދަ ތަކެތި ގަންނަ މީހުން ހޯދައި ގާނޫނީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން ގެންދިއުމަށް ފަހުމީ އެދިވަޑައިގެންފައިވެ އެވެ.




ގުޅުންހުރި
ތައުބާވުމަކީ ތަގުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނެ ކަމެއް: ހުތުބާ
ރޯދަ މަހު ދުވާލު މަގުމަތީގައި ޗުއިންގަމެއް ކެއި މީހަކު ހައްޔަރުކޮށްފި
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ހިޔާ އާއި ވެށިފަހި ކެޓަގަރީއަށް ހުށަހެޅުމުގައި ލުޔެއް
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ތިއުޅެނީ ކޮންކަމަކުން ސަލާމަތް ނުވެވިގެން ހެއްޔެވެ؟