ސަރުކާރުގެ ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކޮށްފައިވާ އަދަދާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައަށް ކުރާ ހޭދައިގެ އަދަދު ހާމަކުރުމަށް ސަރުކާރަށް ލާޒިމުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.
އެ ކުއްލި މައްސަލަ ހުށަހަޅުއްވަމުން މީކާއީލް ވިދާޅުވީ، ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ އިހުތިޔާރުގެ ބޭނުން ހިފައި، ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް، އެއްވެސް ހައްދެއް ނެތި ސިޔާސީ މީހުން އައްޔަންކޮށްފައިވާ ކަމަށެވެ.
އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް، އެއްވެސް ހައްދެއް ނެތި ވަޒީފާއަށް މީހުން ވައްދާފައިވުމުގެ ސަބަބުން، މުސާރައިގެ ގޮތުގައި އެ ކުންފުނިތަކުން ހޭދަކުރަންޖެހޭ އަދަދު ބޮޑުވެ، އެ ކުންފުނިތަކުގެ ހިންގުމަށް ދަތިވާ ހާލަތަށް ގޮސްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
މީކާއީލް ވިދާޅުވީ، ސިޔާސީ މަޔާމުތަކަށް ރައީސް އައްޔަންކޮށްފައިވާ މީހުންގެ ރަސްމީ އަދަދު ސާފުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފިނޭންސް މިނިސްޓަރުގެ އަރިހުން އެދުމުންވެސް އެ މައުލޫމާތު ދީފައި ނުވާ ކަމަށެވެ.
އެހެންކަމުން ގާނޫނުއަސާސީން ކަށަަވަރުކޮށްދީފައިވާ، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ބޭނުން ހިފުމަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
މީކާއިލް ވިދާޅުވީ، ނޫސްވެރިންނާއި އާންމު ރައްޔިތުންގެ ތެރެއިން މައުލޫމާތު ހޯދަން އެދި ސަރުކާރުގެ އިދާރާތަކަށް ހުށަހަޅާ ފަރާތްތަކަށް އެ މައުލޫމާތު ދިނުމަށް އިންކާރުކުރަމުން ދިއުމުގެ ސަބަބުން، ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމަށް، ގާނޫނުއަސާސީން މަޖިލީހާ މަތިކޮށްފައިވާ ދުސްތޫރީ ވާޖިބު އަދާކުރުމަށް ހުރަސް އެޅިފައިވާ ކަމަށެވެ.
އަދި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ބޭނުން ހިފުމަށް ހުރަސް އަޅަމުން ދިއުން ހުއްޓުވައި، އެ ހައްގު ލިބިދެވޭކަން ދައުލަތުން ކަށަވަރުކޮށްދިނުމުގެ ގޮތުން ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރަމުންދާ ޖުމްލަ އަދަދު، ހާމަކުރުމަށާއި ރައްޔިތުންގެ މަޖިލީހަށް ފޯރުކޮށްދިނުމަށާއި އަދި އެ މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކަށް އެ މައުލޫމާތު ދޫކޮށްދިނުން ސަރުކާރަށް ލާޒިމުކުރުމަށް ކުއްލި މައްސަލައިގައި މީކާއިލް ގޮވާލެއްވި އެވެ.
ނަމަވެސް މި މައްސަލައަށް ބަހުސްކުރަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި ބަހުސްކުރަން ފެންނަ ކަަމަށް ވޯޓު ދެއްވީ ޖަލްސާގައި ތިއްބެވި 68 މެންބަރުންގެ ތެއިން އެންމެ 11 މެންބަރުންނެވެ. ބަހުސް ކުރަން ނުފެންނަ ކަމަށް 56 މެންބަރުން ވޯޓު ދެއްވި އެވެ.

ގުޅުންހުރި
އެޑިޓަރުންގެ ޖަމިއްޔާ ވަނީ ޕެރެލައިޒް ވެފައި، އެ ޖަމިއްޔާ އިން ހިރިގާ
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 11 ބިދޭސީއަކު އަތުލައިގެންފި
ސިވިލް ސާވަންޓުންނަށް މޫނު ބުރުގާ އަޅައިގެން މަސައްކަތަށް ކުރެވޭ ގޮތް ހަދައިފި
މަޝްހޫރު ޔޫޓިއުބާ އަންކަލް ރޯޖާ، އާންޓީއެއް ހޯދައިފި
އާއިލާ މީހަކު ދާއިމީ ބައްޔަކަށް ފަރުވާ ހޯދާ ނަމަ 30 ދުވަހުގެ
ރައީސުލްޖުމްހޫރިއްޔާގެ ދައުރު ދިގެއް ނުކުރާނެ، ނަމަވެސް މަޖިލީހުގެ ދައުރު ކުރުވެ އަޅުގަނޑު