ހަތިމެއްގައި ދަތްއަޅައި، ވީދާލި މީހަކު ހައްޔަރުކޮށްފި، ބަންދަށް 15 ދުވަސް

ކްރިމިނަލް ކޯޓް ---

މާލޭގެ މިސްކިތެއްގައި ބާއްވައިފައި އޮތް ހަތިމެއްގައި ދަތް އަޅައި ވީދާލި މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގުލަދޭޝްއަށް ނިސްބަތްވާ މީހެއް ކަމަށްވާ އެމްޑީ މަންނާން 36އ އެވެ.

ކުރިމިނަލް ކޯޓަށް އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިއަދު ހާޒިރު ކުރުމުން އެ ކޯޓުން ވަނީ މަންނާންގެ ބަންދަށް 15 ދުވަސް ޖަހައިފަ އެވެ.

އަމުރުގައި މަންނާން ބަންދުގައި ބެހެެއްޓުމަށް އަމުރު ކުރި ސަބަބެއް ކަމަށް ބުނެފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ލިބިފައިވާތީއާއި އޭނާއަކީ ބިދޭސީއަކަށްވުމުން ރާއްޖެއިން ފިލައިގެން ދިޔުމުގެ އިހުތިމާލު އޮތުމުން ކަމަށެވެ.

މީގެ ކުރިން ވަނީ ހަތިމަށް ކުޅު ޖަހައިގެން ދިވެހި ފިރިހެނަކު ވެސް ހައްޔަރު ކޮށްފަ އެވެ. އަދި ވަނީ މިސްކިތުގެ ތެރެއަަށް ކުޑަކަމު ދިޔަ މައްސަލައެއްގައި ވެސް މީހަކު ހައްޔަރުކޮށްފަ އެވެ.