ހއ. ދިއްދޫ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ 52 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.
ޖުމުލަ 108.5 މިލިއަން ރުފިޔާގެ މި މަޝްރޫއު އާރުޑީސީއާ ހަވާލުކުރީ މިދިޔަ ސަރުކާރުގައި 29 އޭޕްރިލް 2022 ގައެވެ. ނަމަވެސް އެ މަޝްރޫއުގެ މަސައްކަތް ވަކި ހިސާބަކުން އޮތީ ހުއްޓިފަ އެވެ.
ސަރުކާރު ބަދަލުވުމަށްފަހު އާރުޑީސީން އަލުން މަސައްކަތް ފެށި 17 ރަށުގެ ތެރޭގައި ދިއްދޫ މަގު ހެދުމުގެ މަޝްރޫއު ހިމެނޭއިރު، އެ މަޝްރޫއުގައި ޖުމުލަ 5.4 ކިލޯ މީޓަރު ހިމެނޭހެން މަގުތަކާއި ގޯޅިތައް ހަދާނެ އެވެ.
އާރުޑީސީން މި ނޫހަށް ބުނީ، އެ މަޝްރޫއުގެ ތެރެއިން ކޭބަލް ޖަންކްޝަން ހެދުމާއި ކޭބަލް ޖަންކްޝަން ހޮޅި އެޅުމުގެ 97 ޕަސެންޓް މަސައްކަތް ނިންމާލާފައިވާ ކަމަށެވެ.
އަދި ސްޓޯމް ވޯޓާ ޓޭންކުތައް ބެހެއްޓުމާއި ހޮޅިއެޅުމުގެ މަސައްކަތާއި ކޮނެގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނައިރު، ސްޓޯމް ވޯޓާ ޓޭންކާއި ހޮޅި އެޅުމުގެ 77 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށްވެސް އާރުޑީސީން ބުންޏެވެ.
ގުޅުންހުރި
އަމީނީ މަގުގެ މަޝްރޫއު: ޕަމްޕް ސްޓޭޝަންގެ ވެލްވް ޗެމްބަރާއި ޕެނަލް ބޯޑު
މާލީ ހާލަތުން އަރައިގަތުމަށް ސަރުކާރަށް އެއްބާރުލުން ދޭން ނިންމި ފުރަތަމަ ކުންފުންޏަކަށް
ހުޅުދުއްފާރު މަގުތަކުގައި ތާރު އެޅުމަށް އާރްޑީސީން ތައްޔާރުވަނީ
ތިނަދޫގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހި ނިންމާލައިފި
ހަނިމާދޫ އެއާޕޯޓުގެ 67.5 ޕަސެންޓް ނިމިއްޖެ، އަންނަ މާޗަށް ނިމޭނެ
ކުޅުދުއްފުށީގެ މަގު ހެދުމުގެ މަޝްރޫއުގެ 80 ޕަސެންޓް މަސައްކަތް ނިމިއްޖެ