ލޯބިވެރިޔާއަށް ވަޅިން ހަމަލާ ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު 30 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.
މާރާމާރީ ހިންގުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ ގދ. ތިނަދޫގެ 22 އަހަރުގެ ޒުވާނެކެވެ.
އޭނާ ބަންދުކުރަން ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާ ގޮތުން އޭނާއަކީ ކުރިން ހައްޔަރު ބަންދުގެ 26 ރެކޯޑް އޮތް މީހެކެވެ. އަދި އަނިޔާގެ އަމަލެއް އޭނާ ހިންގާފައިވާ ކަމަށް ބެލެވޭ ހެކި ފުލުހުން ކޯޓަށް ހުށަހަޅާފައިވާއިރު ޖިނާއީ ބޮޑު ދެ ކުށެއްގެ ދައުވާ އޭނާގެ މައްޗަށް ކުރެވޭނެ ކަމަށްވެސް ދައުލަތުން ބުނެފައިވެ އެވެ.
ކޯޓު އަމުރުގައިވާ ގޮތުން، އަނިޔާގެ ޝިކާރަައަށްވި އަންހެން މީހާއަކީ އޭނާގެ ލޯބިވެރިޔާކަން އޭނާ ކޯޓުގައި ދެއްކި ވާހަކަތަކުން އެނގޭ ކަމަށެވެ. އަދި ރުޅިއައިސްގެން ލޯބިވެރިޔާއާއި އޭނާއާ ދެމެދު ޒުވާބެއް ހިނގި ކަމަށްވެސް ބުނެފައިވެ އެވެ.
ނަމަވެސް އެއްވެސް އަނިޔާއެއް ކޮށްފައި ނުވާނެ ކަމަށް އޭނާ ކޯޓުގައި ބުނެފައިވެ އެވެ. އަދި އޭނާގެ ދަބަހުން ފެނުނު ވަޅިއަކީ އޭނާ ޑައިވިނަށް ދާއިރު ބޭނުންކުރަން ގެންގުޅޭ އެއްޗެއް ކަމަށް ކޯޓުގައި ބުނި ކަމަށް ކޯޓު އަމުރުން އެނގެ އެވެ.




ގުޅުންހުރި
ކައުންސިލް އިންތިޚާބު އޮބްޒާވުކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފި
ދައުރު ނިމުމުގެ ކުރިން ގޯއްޗާއި ފުލެޓުތަކަށް ވަދެވޭނެ: މުއްތަލިބު
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލައިފި
ވާދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، ދެ މީހަކު ގެއްލިއްޖެ
ރިސޯޓެއްގެ ޑަސްބިނުން ފެނުނު ކުއްޖާގެ ޖަނާޒާ ބާއްވައިފި