އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ ބައި އިލެކްޝަންގެ ނަތީޖާ ނުކުތް ގޮތާމެދު މާޔޫސްވާންވީ ސަބަބެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ބޭއްވީ ހުޅުމާލެ ދާއިރާ އާއި މައްޗަންގޮޅި މެދު އަދި ހެންވޭރު ހުޅަނގު ދާއިރާގެ އިތުރުން ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އުތުރު ދާއިރާ އާއި ރަސްމާދޫ އަންހެން މެންބަރުގެ ގޮނޑި އަދި ފ. ބިލެތްދޫ ރައީސްގެ ގޮނޑީގެ ބައި އިލެކްޝަނެވެ.
އެ ދާއިރާތަކުގެ ތެރެއިން މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކާއި ކުޅުދުއްފުށި ސިޓީގެ ގޮނޑިއަށް ވާދަކުރީ ޕީއެންސީގެ އިތުރުން އިދިކޮޅު މައި ޕާޓީ، އެމްޑީޕީ އިންނެވެ.
އެ ހަ ދާއިރާގެ ތެރެއިން ރަސްމާދޫ ފިޔަވައި އަނެއް ފަސް ދާއިރާ ޕީއެންސީން ކާމިޔާބު ކުރި އިރު، އެމްޑީޕީއަށް އެއްވެސް ގޮނޑިއެއް ކާމިޔާބެއް ނުކުރެވުނެވެ. ރ. ރަސްމާދޫ އަންހެން މެމްބަރުގެ ގޮނޑި ކާމިޔާބުކުރީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓެވެ.
ބައި އިލެކްޝަންތަކުގައި ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓުން ކުރި ހިތްވަރާއި މަސައްކަތަށް ޝުކުރު އަދާކުރައްވައި ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަދު އަދަދެއްގެ ބަޔަކު ވޯޓުލީ އިންތިހާބުގެ ނަތީޖާ ނުކުތް ގޮތަކާމެދު މާޔޫސްވާންވީ ސަބަބެއް ނެތް ކަމަށެވެ.
”ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް މިހާރު މި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އިރާދަކުރެއްވިއްޔާ މި ޕާޓީއަށް ކުރިއަށް އޮތީ ކާމިޔާބު ދުވަސްތަކެއް،“ ފައްޔާޒު ވިދާޅުވެފައިވެ އެވެ.
އިއްޔެ އިންތިހާބުގައި ވޯޓުލާން ނުކުތީ ވަރަށް މަދު ބައެކެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނާ ގޮތުން ހަ ދާއިރާއެއްގެ ބައި-އިލެކްޝަންގައި 13،112 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވީ ނަމަވެސް ވޯޓުލާން ނުކުތީ 3،528 މީހުންނެވެ. އެއީ 27 ޕަސެންޓު މީހުންނެވެ.
ގުޅުންހުރި
ރަށްރަށަށް ވައުދުވި ފްލެޓުތައް ހަދަން މި މަހު ކޮންޓްރެކްޓަރުން ހޯދަން އިއުލާންކުރާނަން:
ރަސްމާލެ ހިއްކުން ލަސްވީ ވާރުތަވި އިގުތިސާދާ ހެދި، ދުވެލި ތިންގުނަ އަވަސް
މި އަހަރަކީ ރައްޔިތުންނަށް މުއްސަނދިކަން އިހުސާސް ކޮށްދޭނެ އަހަރު: ރައީސް
ފުލުހުންގެ ކާރަކުން ޖެހި ސައިކަލެއް އެކްސިޑެންޓްވި މަންޒަރު ދުށް ބަޔަކު ހޯދަނީ
ރޯދަ މަހު މިސްކިތްތަކުގައި އިމާމުވެ ތަރާވީސް ކުރާނެ ދިވެހި ހާފިޒުން ހޯދަނީ
ގައްސާން މި ހަފުތާގައި އިންޑިއާއަށް ވަޑައިގަންނަވަނީ