ބަލްކް ޕްރޮކިއުމެންޓް އުސޫލުން ރާއްޖެ ގެނެސްފައިވާ ޔޫރަޕް ކޮލިޓީގެ ބޭސްތަކަށް ހޯލް ސޭލްކޮށް އޯޑަރު ދިނުމަށް ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އިން ހުޅުވާލައިފި އެވެ.
ސަރުކާރުން ވަނީ ބަލްކް ޕްރޮކިއުމެންޓް އުސޫލުގެ ދަށުން ރާއްޖެއަށް ޔޫރަޕް ކޮލިޓީގެ ހަތް ބޭހެއް އެތެރެކުރަން ފަށައިފަ އެވެ. އެސްޓީއޯ އިން އިއްޔެވަނީ އެ ބޭސްތައް ރީޓެއިލްކޮށް އަދި ހޯލްސޭލްކޮށް ވިއްކަން ފަށައިފަ އެވެ.
އެސްޓީއޯ އިން މިއަދު ބުނީ އެ ބޭސްތައް ހޯލްސޭލްކޮށް ގަންނަން ބޭނުންވާ ނަމަ medical.wholsale@sto.mv މެއިލް މެދުވެރިކޮށް އަދި 7256542 ނަންބަރަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ސަރުކާރުން ބުނާ ގޮތުން ބަލްކު ޕްރޮކިޔުމެންޓުގެ ދަށުން ބޭސް ގެންނަން ފެށުމުން ޔޫރަޕުގެ ގައުމުތަކުގެ ކަމާބެހޭ އިދާރާތަކުން ކަނޑައަޅައިފައިވާ މިންގަނޑުތަކަށް އުފައްދައިފައިވާ ބޭސް ރާއްޖެއިން ލިބޭނެ އެވެ. އަދި ރާއްޖެއަށް އެ ބޭސް ގެންނާނީ ސީދާ އެ ބޭހެއް އުފެއްދި ކުންފުނިން ކަމަށްވާތީ، އެ ބޭސްތައް އުފެއްދުމާ ހަމައިންނާއި ބަލި މީހާއަށް ބޭސް ލިބުމާއި ހަމައަށް ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ކަމަށްވެސް ސަރުކާރުން ބުންޏެވެ.
ސަރުކާރުން ބުނެފައިވަނީ ކޮލިޓީ ބޭސްތަކަށް މިހާރެކޭ އެއްގޮތަށް އާސަންދައިގެ ތެރެއިން ފުލް ކަވަރޭޖް ލިބޭނެ ކަމަށެވެ.




ގުޅުންހުރި
އެސްޓީއޯގެ ބޭސްފިހާރަތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް
އެސްޓީއޯއަށް 61 އަހަރު: ހާއްސަ އިނާމުތަކެއް ލިބުމުގެ ފުރުސަތު!
އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން ފަށައިފި، ބޮޑު އިނާމަކަށް އެއް ލައްކަ
މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ގާއިމުކުރި ފުރަތަމަ ޝެޑް ދުވާފަރުގައި ހުޅުވައިފި
އެސްޓީއޯއިން ބާޒާރުމައްޗަށް ހާއްސަ ހޯލްސޭލް ސެންޓަރެއް ހުޅުވައިފި
”ސިލޯނާއެކު ދިވެހިން“ ފަންޑަށް އެސްޓީއޯ ގްރޫޕުން 250،000 ރުފިޔާ