ގެއަކަށް ވައްދައި އޮރިޔާންކޮށް ބިރު ދައްކައިގެން އެކައުންޓުން ފޭރުނު މައްސަލައެއް!

ފުލުހުންތަކެއް މަގުމަތީގައި ހަރަކާތްތެރިވަނީ ---

މާލޭގެ ގެޔަކަށް މީހަކު ވައްދައި ބަރަހަނާކޮށް ބިރުދައްކައިގެން އެކައުންޓުން ފައިސާ ފޭރުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ، މިދިޔަ ބުދަ ދުވަހު ހިނގި އެ ހާދިސާގައި އެކައުންޓުން ފޭރިފައިވަނީ ބިރުދައްކައިގެން ކޭޝް ކާޑުގެ ޕިން ހޯދުމަށްފަހު ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 26 އަދި 35 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު 30 ދުވަހަށް އަދި ދެވަނަ މީހާ 60 ދުވަހަށް ބަންދު ކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.