ނ. ހެނބަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ހެނބަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށް، އަންދާލީ މިދިޔަ ހުކުރު ދުވަހުގެ ދަންވަރެވެ. އަދި އޭގެ ކުރީ ދުވަހު އިތުރު ފުލުހެއްގެ ސައިކަލަށް ގެއްލުންދިނެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކުރީ ހެނބަދޫ/ ސެލްވިޔޯ، އިލްޔާސް އިބްރާހިމް، 33އ. އަދި އެ ރަށު/ ހުދުތަރި، މުހައްމަދު އިރުޝާދު، 33އ ކަމަށެވެ.
އެ މީހުންނަށް ފުލުހުން ކުރާ ތުހުމަތުތަކުގެ ތެރޭގައި ހެނބަދޫ ޕޮލިސް ޕޯސްޓުގައި މަސައްކަތްކުރާ ފުލުހުންނާއި އެ ފުލުހުންގެ އާއިލާތަކާއި މުދަލަށް ގެއްލުންދޭނެ ކަމަށް ބުނެ އިންޒާރު ދިނުން ވެސް ހިމެނެ އެވެ.
ފުލުހުންގެ ތަރުޖަމާން، އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވި ގޮތުގައި ދެ ފުލުހެއްގެ ސައިކަލަށް ގެއްލުން ދިނީ ނޫނު އަތޮޅުގައި ފުލުހުން ހިންގަމުންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނަކާ ދެކޮޅަށް އެކަމުގައި ތުހުމަތު ކުރެވޭ ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.




ގުޅުންހުރި
ދިވެހި ދެމަފިރިއަކަށް ލިބުނު އެއްމާބަނޑު ތިން ކުދިން ނިޔާވެއްޖެ
އެލައިޑްގެ 41 ވަނަ އަހަރީ ދުވަސް ފާހަގަކޮށް، ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
އެކްސްކެވޭޓަރުން ކުނިތައް ނެގީ އަމީން މިއާގެ ހަށިގަނޑާއެކު، މަރުވީ ކުނިތަކާއެކު ވަޅުލެވިގެން!
ފައިސާ ޗާޕުކުރަން އުޅޭތީ ޕެންޝަން އޮފީހުގެ ޗެއާމަންކަމުން އިނާޒް އިސްތިއުފާ ދެއްވައިފި
އަދާލަތުގެ ރައީސަކަށް ޝިފާން