ސްކޫލަކަށް ވަދެ އަޑުގަދަކޮށް ބިރުދެއްކިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އަލީ އަހުމަދު ނަމަކަށް ކިޔާ 41 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އެނާ 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފަ އެވެ.
އޭނާގެ ބަންދު އަމުރުގައި ބުނެފައިވާ ގޮތުން, އޭނާ ސްކޫލް ތެރެއަށް ވަދެ އަޑުގަދަކޮށް, ބައެއް ޓީޗަރުންނަށް ބިރުދެއްކި ކަމަށާއި ނަމަވެސް އެއްވެސް މީހެއްގެ ގައިގައި އަތްލާފައި ނުވާ ކަމަށް ސްކޫލުގެ މުވައްޒަފުން ބުނެފައިވާ ކަމަށެވެ.
އޭނާ ބަންދުގައި ބަހައްޓަން ކޯޓުން ނިންމީ, އޭނާއަކީ ބިރުދެއްކުމުގެ މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮތް މީހަކަށްވުމާއި އެ އަމަލު ހިންގާފައިވަނީ ސްކޫލެއްގެ ތެރޭގައި އެ ކުދިންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އެކަމަށް އެއްވެސް ފަރުވާލެއް ނުބަހައްޓާކަން ފާހަގަކުރެވޭތީ, އެކަމަށް ރިއާޔަތްކޮށްފައިވާ ކަމަށް އަމުރުގައި ބުނެފައިވެ އެވެ.
ނަމަވެސް އެ މީހާ ވަދެފައިވަނީ ކޮން ސްކޫލަކަށް ކަމެއް އަދި ނޭނގެ އެވެ. ކޯޓު އަމުރުގައިވެސް އަދި ފުލުހުންވެސް އެ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
3 Comments
ގުޅުންހުރި
ސިޓީ ކައުންސިލާއި ފުލުހުން ނުކުމެ މަގުތަކުގައި ހުރި ބާވެ، ހަލާކުވެފައިވާ 224
ރާއްޖެއަށް ޑުރަގް އެތެރެކުރި ކަމަށް ތުހުމަތުވާ 65 އަހަރުގެ މީހަކު އެއާޕޯޓުން
ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީ ނުވެ، ޓެކްސީ ލައިސަންސް ނުލިބޭ ގޮތަށް ހަދައިފި
މާލޭގެ މަގުތަކަށް ދޫކޮށްލާފައި ހުރި ބާ ވެހިކަލްތައް އަނެއްކާވެސް ނަގަން ފަށައިފި
އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެގެން ހޯދި ތިން މީހަކު ހައްޔަރުކޮށްފި
ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި