ނޮވެމްބަރ 22, 2024

ގޮންޖެހުންތައް ދިމާވިޔަސް ރާއްޖެއާއެކު އޮމާން ގުޅުމެއް ބޭއްވޭ: ޖައިޝަންކަރު

އިންޑިއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ގޮންޖެހުންތަކެއް ދިމާވިނަމަވެސް މިހާތަނަށް އައިއިރު ދެގައުމުގެ މެދުގައި ގާއިމުކުރެވިފައި އޮތީ އޮމާން ގުޅުމެއް ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.

ޖައިޝަންކަރު މިއަދު ވަނީ ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެންފަ އެވެ. އެ ދަތުރު ފެއްޓެވުމުގެ ގޮތުން ފޮރިން މިނިސްޓްރީގައި ބޭއްވި މީޑިއާ ބްރީފިންއެއްގައި ދެއްވި ޕްރެސް ސްޓޭޓުމެންޓެއްގައި ޖައިޝަންކަރު ވިދާޅުވީ އިން

ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުގެ ސިޔާސަތަކީ އަވައްޓެރި ގައުމުތަކާއެކު ގުޅުން ބަދަހިކޮށް ސުލްހަވެރި ގުޅުމެއް ބޭއްވުން ކަމަށެވެ. އިންޑިއާއިން ރާއްޖޭގެ ގުޅުމަކީ ޒަމާނުއްސުރެ ގާތް ދެގައުމު ކަމަޑް ޖައިޝަންކަރު ވިދާޅުވި އެވެ. އަދި އެ ޒަމާންތީ ގުޅުމަކީ ތާރީހީ ގުޅުމެއް ކަމަށާއި އެކަމުގެ ފައިދާ ދިވެހި ރައްޔިތުންނަށް ކުރަމުންދާ ކަމަށެވެ.

”އިންޑިއާ އިން ރާއްޖެއާ އެކު ބާއްވާ ގާތް ގުޅުން ބިނާވެފައި ވަނީ ދެ ގައުމުގެ ލާބަ އާއި މަންފާއަށްޓަކައި. މި ވަރުގަދަ ގުޅުމަކީ ދެ ގައުމަށް ދިމާވާ ގޮންޖެހުންތަކުގައި އެކުގައި މަސައްކަތް ކުރުމަށް ލިބޭ ބާރެއް. އަދި މި ވަރުގަދަ ގުޅުމުގެ ސަބަބުން ރައްޔިތުންނަށް ބޭނުންތެރި، ނުހަނު ގިނަ ފައިދާތައް ވެސް ކުރޭ،“ ޖައިޝަންކަރު ވިދާޅުވި އެވެ.

އިންޑިއާއިން ރާއްޖޭގައި ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ފައިދާ ދިވެހި ރައްޔިތުންނަށް އޭނާގެ މި ދަތުރުގެ ތެރެއިން ލިބިގެންދާނެ ކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ.

އަދި ރާއްޖޭގައި އިތުރު މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރައްވާނެ ކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ.