ނޮވެމްބަރ 23, 2024

އިންޑިއާގެ ހާރިޖީ ވަޒީރު ރާއްޖޭގައި ކާމަރަނގަ ގަހެއް އިންދަވައިފި

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރާއްޖޭގައި ކާމަރަނގަ ގަހެއް އިންދަވައިފި އެވެ.

ލޮނުޒިޔާރަތް ޕާކުގައި އެ ގަސް އިންދަވާފައިވަނީ ޖައިންޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އެ ގަސް އިންދުމުގެ ހަރަކާތުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމާއި މާލޭގެ މޭޔަރު އާދަމް އާޒިމް އަދި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ބައިވެރިވެވަޑައިގެންނެވި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، މިއީ ރާއްޖޭގައި ސަރުކާރުން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމާއި އިންޑިއާގެ ”ޕްލާންޓް ފޯ މަދާ“ އިނީޝިއޭޓިވްގެ ދަށުން އިންދެވި ގަހެއް ކަމަށެވެ.

ސަރުކާރުން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ދުނިޔޭގެ ތިމާވެށި ދުވަހާއި ގުޅިގެން މިދިޔަ ޖޫންމަހުގެ 5 ވަނަ ދުވަހު ފެށި ޕްރޮގްރާމެކެވެ.

12 Comments

  • Yusra Yus އޯގަސްޓް 10, 2024

    Moohsen Ebraham binnan dhaakahala dhww😄😄

    • Moohsen Ebraham އޯގަސްޓް 10, 2024

      Yusra mamen geyga innaane dhegas indhaafa mamen 😂

  • Ahmed Naseer އޯގަސްޓް 10, 2024

    Mee miadhu fenunu emme muhimmu habaru..shukuriyya Haftha

  • Fathmath Shahula އޯގަސްޓް 10, 2024

    Shaaina Abdul Rahman den nujeheyne gannaakah

  • Ahmed Amith އޯގަސްޓް 10, 2024

    Dhen thi gass dhashu ga Geri kotte elheema ragalhu vaane..

  • Jamsheed Mohamed އޯގަސްޓް 10, 2024

    Inghey tha thee ghahah ves alhukan kuraa beah.

  • Mohamed Ashraf އޯގަސްޓް 11, 2024

    Dhen rangalhu vaane ingey Hussain Hameed Bin Adam

    • Hussain Hameed Bin Adam އޯގަސްޓް 11, 2024

      Mohamed Ashraf iqthisaadhu rangalhu kuran kiyavaafa indhi gaheh tha ??

  • Huxente Lim އޯގަސްޓް 11, 2024

    Alhamdhulillah varah dhuvahu dhekemun ai huvafeneh ga thi kula jessuvee

  • Mohamed Saamee އޯގަސްޓް 11, 2024

    Thinvana ehmme bodu sinaa athakah kaamaramga export kurun dhen othee 😇

  • Sparkling Sodhu އޯގަސްޓް 11, 2024

    India out abadhu India vefa kihinei mivani

  • Diego Modex އޯގަސްޓް 11, 2024

    ⓘ 𝘠𝘰𝘶 𝘤𝘢𝘯’𝘵 𝘴𝘦𝘦 𝘵𝘩𝘪𝘴 𝘤𝘰𝘮𝘮𝘦𝘯𝘵 𝘣𝘦𝘤𝘢𝘶𝘴𝘦 𝘺𝘰𝘶 𝘢𝘳𝘦 𝘶𝘴𝘪𝘯𝘨 𝘢 𝘊𝘩𝘪𝘯𝘦𝘴𝘦 𝘮𝘰𝘣𝘪𝘭𝘦

Leave a Reply