ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން އޮޕަރޭޓް ކުރާ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޕާކިން ޖާގަ އިތުރުކުރުމަށް އެއާޕޯޓުގެ އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
އެކަމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާދެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ.
ޖުމުލަ 29.85 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއު ނިންމަން ދީފައިވަނީ ހަ މަސް ދުވަހެވެ.
އައިލެންޑު އޭވިއޭޝަނުން ބުނީ މާފަރު އެއާޕޯޓުގެ އިންފްރާންސްޓްރަކްޗާ ތަރައްގީކޮށް، އެއާޕޯޓުގެ ހިދުމަތް ފުޅާކޮށް، ކެޕޭސިޓީ އިތުރުކުރުމަށް ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން 15،000 އަކަ މީޓަރުގެ ސަރަހައްދެއް ތަރައްގީ ކުރާނެ ކަމަށެވެ.
އެގޮތުން މި ވަގުތު މާފަރު އެއާޕޯޓުގައި އެއްފަހަރާ 13 ބިޒްނަސް ޖެޓު ޕާކުރެވޭއިރު، މަޝްރޫއު ނިމުމުން އެއްފަހަރާ 26 ޖެޓު ޕާކު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓުތައް ހިންގާ، ނ. އަތޮޅުގައި ހިންގާ މާފަރު އެއާޕޯޓަކީ މާލެ ފިޔަވާ އެންމެ ގިނަ ޖެޓުތައް ދަތުރުކުރާ ރާއްޖޭގެ އިންޓަނޭޝަނަލް އެއާޕޯޓެވެ.

1 Comment
ގުޅުންހުރި
ވޯޓާ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދުން މަރުވެފައި އޮތް މީހަކު
ވަގަކަށް ވަގެކޭ ގޮވޭނެ؛ ޖެހޭނީ ހަޖަމް ކުރަން، ޔާމީން
ހދ. އަތޮޅު ޓޫރިޒަމް ފައްކާ އަތޮޅަކަށް ހެދުމުގެ މަސައްކަތް ފަށައިފިން: ރައީސް
ކުޑަ ކުއްޖަކަށް ވަޅިއެއް ވިއްކައިފި ނަމަ އެއްލައްކަ ރުފިޔާއަށް ޖޫރިމަނާ ކުރަނީ
35 ލައްކަ ރުޕީސްގެ ހަދިޔާ ނުދީގެން އަނބިމީހާގެ ގައިގާ ރޯކޮށްލައި، މަރާލައިފި
ބިދޭސީ މަސައްކަތްތެރިން މިދިޔަ އަހަރު 143 މިލިއަން ޑޮލަރަށް ވުރެ ގިނަ