މޫނު ބުރުގާ އަޅާ މީހުންނަށް ވަޒީފާގައި ތަފާތު ކުރުން ގެންގުޅެވޭ ގޮތަށް ހުރި އުސޫލުތައް ބަދަލުކުރަން ރައީސް މުހައްމަދު މުއިއްޒު އިދާރާތަކަށް އަންގަވައިފި އެވެ.
ދ. ހުޅުދެލީ ކޯޓުގެ ވަޒީފާއަކަށް ކުރިމަތިލީ އަންހެނަކު މޫނު ބުރުގާ އަޅާތީ ޑިސްކޮލިފައި ކުރި މައްސަލައެއް ރޭ ވަނީ ފެންމަތިވެފަ އެވެ. އެ ކޯޓުން އޭނާއަށް ފޮނުވި މެއިލްގައި ބުނެފައިވަނީ އެއީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދަށް ފުށުއަރާ ކަމެއް ކަމަށެވެ.
އެކަމާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމް ދީނާ ޚިލާފުނުވާ ގޮތަށް، އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ތަފާތު ނުކުރެވޭނެ ކަމަށެވެ. އަދި ވަޒީފާގައި ތަފާތު ކުރުން ގެންގުޅެވޭ ގޮތަށް، ކުރިން ގަވާއިދުތަކާއި އުސޫލް އެކުލަވާލާފައި އޮތް ނަމަ ބަދަލުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
”އެ ތަފާތުކުރުން ގެނުވާ ގޮތަށް ކުރީގައި ހަދާ އަދިވެސް އަމަަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ބަދަލު ކުރުމަކީ ކުރަންޖެހޭ ކަމެއް. އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ވާނީ މިހާރު އަންގާފައި. އަޅުގަނޑުމެންގެ މި މުޖުތަމައު އަކީ ހުރިހާ މާނައެއްގައި އަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖުތަމައަކަށް ހަދަން އެންމެން އަޒުމް ކަނޑައަޅަމާތޯ.“ ރައީސް ވިދާޅުވި އެވެ.
މީގެ ކުރިން، ވެސް ވަޒީފާ ދިނުމުގައި، މޫނު ބުރުގާ އެޅި މީހުންނަށް ތަފާތުކުރުން ގެންގުޅެފައިވެ އެވެ. ބައެއް މީހުން ވަޒީފާ އިން ވަކިކޮށްފައިވެ އެވެ.
2 Comments
ގުޅުންހުރި
ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީ ނުވެ، ޓެކްސީ ލައިސަންސް ނުލިބޭ ގޮތަށް ހަދައިފި
މާލޭގެ މަގުތަކަށް ދޫކޮށްލާފައި ހުރި ބާ ވެހިކަލްތައް އަނެއްކާވެސް ނަގަން ފަށައިފި
އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެގެން ހޯދި ތިން މީހަކު ހައްޔަރުކޮށްފި
ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި
ރާއްޖެއަށް އެންމެ މަންފާ ހުރި ގޮތަކީ އެހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރުން:
މުޅި ރާއްޖޭގެ ތަރައްގީގެ ތަސައްވަރެއް އަދިވެސް އޮތީ އެމްޑީޕީގައި: ޝާހިދު