ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރޭ ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ މެޑިކަލް ޗެކަޕެއް ހެއްދެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ނަމަވެސް އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް ރައީސް އޮފީހަކުން ނުބުނެ އެވެ.
މިއީ ރައީސްގެ ދެކަނބަލުން ފަސް މަސް ތެރޭގައި ސިންގަޕޫރަށް ވަޑައިގެންނެވި ތިންވަނަ ފަހަރެވެ. އެގޮތުން ރައީސްގެ ދެކަނބަލުން މި އަހަރު އެންމެ ފުރަތަމަ ސިންގަޕޫރަށް ވަޑައިގެންނެވީ މި އަހަރުގެ މާޗު މަހުގެ 22 ގައެވެ. އެއީ ތިން ދުވަހުގެ ދަތުރުފުޅެކެވެ.
އޭގެ ފަހުން މި އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވި އެވެ. އެ ފަހަރު އެނބުރި ރާއްޖެ ވަޑައިގެންނެވީ ފަސް ދުވަސް ފަހުންނެވެ.




1 Comment
ގުޅުންހުރި
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލައިފި، ރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ ހިމާޔަތެއް
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
ރައީސް މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ބަންދުގައި ތިބޭ މީހުންނަށް މިހާރު ”ވާނުވާ“ އެނގޭނެ: ރައީސް
އެއް ކޮޓަރީ ފުލެޓު މައްސަލައިގައި ރަނގަޅު ހައްލެއް ހޯދައިދޭނަން: ރައީސް
”ވާނުވާ“ގައި ތިބީ ބޮޑެތި ކުށްތަކުގެ މީހުން، އެމީހުން ދޫކޮށްލާކަށް ނުވާނެ: ރައީސް