މާފާންނުގައި ހުންނަ ގެއެއްގައި އަންހެނަކު ރަހީނުކޮށް، އަނިޔާކޮށް ބިރުދެއްކި ށ. މިލަންދޫ/ހެޕީ ލޭންޑް، އާދަމް އަތުހަރު (32އ) ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
އަހުތަރު ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެ އަންހެން މީހާރަހީނުކޮށްގެން ގެންގުޅުނު ފިރިހެން މީހާ، އެ އަންހެން މީހާއަށް ގޭތެރޭގައާއި މަގުމައްޗަށް ނެރެ އަނިޔާކޮށްފަ އެވެ. އަދި ފުލުހުން އެ އަންހެން މީހާ ސަލާމަތްކުރަން އުޅެފި ނަމަ، އަންހެން މީހާ މަރާލާނެ ކަމަށް ބުނެ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައި ފުލުހުންނަށް އިންޒާރު ދީފައިވެެ އެވެފުލުހުންނަށް އިންޒާރު ދިނުމަށްފަހު އަނެއްކާވެސް އަންހެން މީހާ ގޭތެރެއަށް ވައްދައި އަނިޔާކުރެ އެވެ.
ރަހީނުކުރި އަންހެން މީހާ ސަލާމަތް ކުރުމަށް ފުލުހުން ވަނީ އަހުތަރާ ދެކޮޅަށް ބާރުގެ ބޭނުން ކޮށްފަ އެވެ. އެގޮތުން ފުލުހުން ވަނީ އަހުތަރު ބޮލަށް މުގުރުން ހަމަލާދީފަ އެވެ. ދެ ފަހަރެއްގެ މަތިން ފުލުހުން ވަނީ އަހުތަރަށް މުގުރުން ހަމަލާދީފަ އެވެ.
ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް އަހްތަރަށް ފަރުވާ ދިނުމަށް ފުރަތަމަ ގެންދިޔައީ އޭޑީކޭ އަށެވެ. ފަރުވާއަށްފަހު އިއްޔެގެ ވަގުތެއްގައި އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ނަމަވެސް އަހުތަރުގެ ހާލު ދެރަވެ ހޮޑުލާތީ ވަނީ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ. އޭނާގެ ހާލަތު ދެނެގަތުމުގެ ގޮތުން އެ ހޮސްޕިޓަލުގައި އެޑްމިޓްކުރި އެވެ. ނަމަވެސް މިއަދު ހަވީރުގެ ވަގުތެއްގައި ވަނީ ޑިސްޗާޖު ކޮށްފަ އެވެ.
އަހުތަރު ހޮސްޕިޓަލުން ދޫކުރުމުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. އަދި ވަނީ ބަންދާއިމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފަ އެވެ.
ފުލުހުން މިއަދު ބުނީ ކުރިމިނަލް ކޯޓުން ވަނީ އަހުތަރު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައި ކަމަށެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި