ވެރިކަންކުރާ މައި ޕާޓީ ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ އެއްވެސް ސިޔާސީ ލީޑަރަކަށް އިހުލާސްތެރިވާނެ ބޭފުޅެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ބައެއް ވާހަކަތައް ނުދައްކަވާ ހުންނަނީ އެ ވާހަކަތައް ރައްދުވާ ބޭފުޅުންގެ ކަރާމަތަކަށްޓަކައި ކަމަށެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއަށް އޭނާގެ ބައްޕައަކީ މާމޮޅު މީހެއް ކަމަށް ހީވާނަމަ، ބައެއް ކަންކަން ސާފުކޮށްދެއްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ، އެ މަނިކުފާނަށް 2013 ގައި ވެރިކަން ލިބުނީ އަބްދުއްރަހީމްގެ މަސައްކަތުން ކަމަށް ފައިސަލް ވިދާޅުވަމުންދާ ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ވިދާޅުވި އެވެ.
”އަބްދުއްރަހީމަކީ އަޅުގަނޑު ގޮނޑީގައި ވެޑުވި މީހެއް ކަމަށް ފައިސަލަށް ހީވާ ކަމަށް ވަންޏާ މިހާރު ދެން ބޭނުންވީ މި ކަހަލަ ކަންކަމުގައި ހަގީގަތް އޮޅުން ފިލުވައިދޭން. އަބްދުއްރަހީމް 2013 ގައި ހުރީ ރައީސް ޔާމީން ހޮވޭތޯއެއް ނޫން. އަބްދުއްރަހީމް މަސައްކަތް ކުރެއްވީ ގާސިމާއެކީ.. ގާސިމް ކެޓީމަ އެ ހިސާބުން ދެން އަބްދުއްރަހީމްގެ މަސައްކަތް ފެނިގެން ދިޔައީ،“ ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ދެބައިކުޅަ އެއްބައި އަބްދުއްރަހީމަށް ވެދުމަށް އަރުވާފައިވިޔަސް އެއީ ސިޔާސީ ގޮތުން ”އެސެޓެއް“ ނޫން ކަމަށެވެ.
”އަޅުގަނޑުމެންނަށް ފެނިގެން މިދަނީ މުއިއްޒުގެ ސަރުކާރުގެ ވެދުމަށް އަރުވާފައި މި އޮތީ ސަރުކާރުގެ ދެބައިކުޅަ އެއްބައި އިނގޭތޯ. އެއީ މުއިއްޒުގެ ނުކުޅެދުންތެރިކަން އިނގޭތޯ. އަބްދުއްރަހީމަކީ ތިވަރުގެ އެސެޓެއް ނޫން އިނގޭތޯ“ ޔާމީން ވިދާޅުވި އެވެ.




4 Comments
ގުޅުންހުރި
ގެދޮރުވެރިކަމުގެ ރަން ޒަމާނޭ ވިދާޅުވެ 2 ބިލިއަން ހުސްކޮށްލި އިރު، ގާބުރިއެއް
ޕީއެންސީގެ ”ފައުޖު“ މާލެ ގެނެސްފި، ޔާމީން ވެސް މިރޭ ޖަލްސާއެއް ބާއްވަނީ
ވޯޓު ކަރުދާހުގައި އަޅުގަނޑުގެ ނަން އޮންނާނެ، މާފުއްޓަށް ފައިބަން ބޭނުމެއް ނޫން:
ޝަރީއަތަށް ވަޑައިނުގެންނެވޭނެކަން ޔާމީން ކޯޓަށް އެންގެވި: ވަކީލުން
ޔާމީން ވަޑައިގެންނެވީ ދިއްދުއަށް، ކޯޓަށް ހާޒިރުނުވުމުން ފިޔަވަޅު އަޅަނީ
ވެލާބިސް އަޅާހެން އެއާޕޯޓުތައް އެޅުން ރިޝްވަތަކަށް ނުވޭތޯ؟: ޔާމީން