ރާއްޖެއާ ގާތް އަވައްޓެރި ޤައުމުތަކަށް އަބަދުވެސް އިހުތިރާމް ކުރައްވާނެ ކަމަށް ވެރިކަންކުރާ މައި ޕާޓީ ޕީއެންސީގެ ޕީޖީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.
އައިބީ އެގޮތަށް ވިދާޅުވީ ސަންގު ޓީވީ ގެ ޕްރޮގްރާމެއްގައި އޭނާ ދެއްކި ވާހަކަތަކެއްގެ މާނަ އޮޅޭ ގޮތަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރުމާ ގުޅިގެންނެވެ.
އައިބީ ވިދާޅުވީ އެ ޕްރޮގްރާމުގައި އޭނާ ވާހަކަދެއްކެވީ ރާއްޖޭގެ އިގްތިސޯދާ ގުޅޭގޮތުން ކަމަށެވެ. ވަކި ގައުމަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ޕްރޮގްރާމުގައި އަވައްޓެރި އަދި ގާތް ޤައުމަކަށް އަމާޒުކުރައްވައި އެއްވެސް ވަރެއްގެ ބަދުބަހެއް ވިދާޅުވެފައިނުވާނެ ކަމަށާއި އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް އައިބީ ވިދާޅުވި އެވެ.
”އަވައްޓެރި، ރަހްމަތްތެރި ޤައުމުތަކަމީ އަބަދުވެސް ރާއްޖެއިން އިހްތިރާމް ކުރާ ގައުމުތަށް. އެފަދަ ޤައުމަކަށް ބަދުބަސްބުނެ އެގައުމުތަކުގެ އަގުވެއްޓޭގޮތަށް ވާހަކަދެއްކުމަކީ ރަގަޅުކަމެއްނޫން. އަވައްޓެރި ޤައުމުތަކަށް އޮންނަ އިހުތިރާމް އަބަދުވެސް އޮންނާނެ، އަޅުގަނޑުކަި އެކަން ޤަބޫލްކުރާމީހެއް“ އައިބީ ވިދާޅުވި އެވެ.
”ދައްކާ ވާހަކަތަށް ސިޔާސީ ކޮށްގެން ގެނެސްދިނުމަށް ހަބަރު ފަތުރާ ބައެއް މީޑިއާތަކުން ކުރަމުންގެންދާ މަސައްކަތް ހުއްޓާލަން ގޮވާލަން“
އޭނޭއަކީ ދޭދޭ ގައުމުތަކުގެ ގުޅުމަށް އިހުތިރާމް ކުރައްވާ ބޭފުޅެއް ކަމަށާއި އެއްވެސް އިރެއްގައި ރާއްޖެއާ އެހެން ގައުމުތަކާ އޮންނަ ގާތް ގުޅުމަށް ނުރަނގަޅު އަސަރުކުރާނެ މޭރުމަކުން ވާހަކަދައްކަވާފައިނުވާނެ ކަމަށްވެސް މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވި އެވެ.




ގުޅުންހުރި
ދަރިފުޅު ބެލުމަށް މުވައްޒަފުންނަށް އިތުރު ވަގުތު ދޭން އިސްލާހެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ދޭ އެއްބާރުލުމުގެ އަގުވަޒަންކުރަން: ރައީސް
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި