އެމެރިކާގެ ނިއުޔޯކްއާ އަދި ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ ބައެއް ދިވެހިންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފި އެވެ.
އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިވެހިންނާ ބައްދަލުކުރެއްވީ އދ. އަށް ކަނޑައަޅާފައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގަ އެވެ.
ރައީސް އޮފީހުން ބުނީ، އެ ބައްދަލުވުމަށް ދިޔަ ވަކިވަކި ބައިވެރިންނާ ރައީސް ބައްދަލުކުރައްވައި އެ ފަރާތްތަކުގެ ހާލުއަހުވާލު އޮޅުންފިލުއްވައި އެ ފަރާތްތައް ބޭނުންވާ ކަންކަން ބެއްލެވި ކަމަށެވެ. އަދި އެ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަކީ ކޮބައިކަން ބައްލަވައި އެކަންކަމުގައި ސަރުކާރުގެ ފަރާތުން ބޭނުންވާ ކަންކަންވެސް ރައީސް އޮޅުންފިލުއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ، އެ ބައްދަލުކުރެއްވުމުގައި އެމެރިކާގައި ދިރިއުޅޭ ދިވެހިން ފާހަގަކުރެއްވި ކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށެވެ. އަދި ރައްޔިތުންނާ ވީހާވެސް ގާތުން، ރައްޔިތުންގެ އަޑުއައްސަވައިގެން ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލެއްވުމަށް މަސައްކަތްކުރައްވާކަމުގައިވެސް އެ މަނިކުފާނު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ގުޅުންހުރި
އެލައިޑަށް :40 ކަސްޓަމަރުންގެ އަގުވަޒަންކޮށް ހިޔާލު ބަދަލުކޮށްލަން ހާއްސަ ހަފުލާއެއް
ކުޅުދުއްފުށީ އެއާޕޯޓް ހެދުން ނަޝީދަށް ގޯސް، ތިނަދޫ އާއި ފައިނުގައި އެއާޕޯޓެއް
މިދިޔަ ސަރުކާރުގައި 2023 ގައި ހަވާލުކުރި މުއްޔާއި ނާލާފުށި ގުޅާލާ ކޯޒްވޭގެ
މި އަހަރު 800 އެއްހާ މަޝްރޫއު ކޮންޓްރެކްޓްކުރާނެ: ރައީސް
ރައީސް މުލި އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވައިފި
ތިން ރީހެބިލިޓޭޝަން ސެންޓަރެއް ރިމާންޑު ފެސިލިޓީގެ ގޮތުގައި ކަނޑައަޅައިފި