އޮކްޓޯބަރ 4, 2024

ކުޑަކުއްޖަކާ ބެހުނު މައްސަލައެއްގައި ބަންދުކޮށްފައި ހުރި މީހަކު ދަންޖެހިގެން މަރުވެއްޖެ

މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު ދަންޖެހިގެން މަރުވެއްޖެ އެވެ.

އަމިއްލައަށް މަރުވެފައިވަނީ އުމުރުން 15 އަހަރުގެ އަންހެންކުއްޖަކާ އެކު ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ގ. އެއްތެޔޮމާގޭ/ އަބްދުލް ގަނީ އިސްމާއިލް (62އ.) އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ، އޭނާގެ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުނީ މިއަދު ހެނދުނު 6:52 ގައި ކަމަށާއި ވަގުތުން އޭނާ މާފުށީ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި ޑޮކްޓަރު ވަނީ 7:21 ގައި އޭނާ މަރުވެފައިވާ ކަމަށް ކަނޑައަޅާފައިވާ ކަމަށް ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މާފުށީ ޖަލުގައި ދަންޖެހިގެން މިއަދު މަރުވީ މީގެ ކުރިން މަގުމަތިން އަންހެނަކާ ދިމާކޮށް އޭނާ އާއެކު ޖިންސީ ގުޅުން ހިންގުމަށް އެދުނު މައްސަލައެއްގައި ވެސް ކުށް ސާބިތުވެ ޖަލު ހުކުމެއް އައިސްފައިވާ މީހެކެވެ.

ކަރެކްޝަންސް އިން ބުނީ އަބްދުލް ގަނީ އިސްމާއީލް ނިޔާވުމާއި ގުޅިގެން އެކަން އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާ ކަމަށެވެ.

އަދި އެކަން ކަރެކްޝަންސްގެ ޕްރޮފެޝަނަލް ސްޓޭންޑަޑުން ތަހުގީގު ފަށާފައިވާ ކަމަށްވެސް ބުންޏެވެ.

3 Comments

  • Haasim Abdulla ސެޕްޓެމްބަރ 24, 2024

    Maraalee

  • Sham Aan ސެޕްޓެމްބަރ 24, 2024

    Mihaaru dhan jehhey prison kiyan mashah fenney

  • Noorul Haya ސެޕްޓެމްބަރ 24, 2024

    Muskulhi umuruga dhanjehun ginavejje. Dhuniye ah mi ai zamaanehthaa😢

Leave a Reply