ރައީސް ޑރ. މުހައްމަދު މުއިއްޒު އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ގ. ސަންސަންގެއާގެ، އަބްދުﷲ މިޔާދު (40އ)، 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ރައީސް އަވަހާރަކޮށްލާނެ ކަމަށް ބުނެ ”އަބްލޯ މިޔާދް ޔޫސުފް“ގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކުން އިންޒާރު ދިނީ އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ މައި އޮފީހުގައި މިދިޔަ މަހުގެ 26 ގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ދެއްކެވި ވާހަކަފުޅެއްގެ ފޭސްބުކް ލައިވްއެއްގެ ތެރެއިން ކުރި ކޮމެންޓެއްގައެވެ.
އެ މައްސަލައިގައި އަބްދުﷲ މިޔާދު ހައްޔަރުކުރީ ރާއްޖެއިން ބޭރުގައި އުޅެފައި ރޭގެ ވަގުތެއްގައި ރާއްޖެ އައުމުންނެވެ.
ފުލުހުން އޭނާއަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި:
- ފޭސްބުކް އެކައުންޓަކުން ރައީސް މުއިއްޒާއި ދައުލަތުގެ ވެރިންނަށް މަރުގެ އިންޒާރު ދިނުން
- އެހެން މީހުންނަށްވެސް މަރުގެ އިންޒާރުދީ އެ ނޫން ގޮތްގޮތުން ގެއްލުންދޭނެ ކަމަށް ބުނެ އިންޒާރު ދިނުން
- ހަޑިހުތުރު ބަހުން އެކި ޕޯސްޓުކުރަމުން ގެންދިއުން
- އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ގޮތަށް ޕޯސްޓުތައް ކުރަމުންދިއުން




ގުޅުންހުރި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
ކޮންމެ މީހަކު ވެސް އިސްލާހު ގެންނަން ފަށަންވީ އަމިއްލަ ނަފުސާ ހަމައިން:
ދެ އިންތިހާބު އެއްކޮށްލުމަށް ހިޔާލު ހޯދުމުގެ ވޯޓު، ކައުންސިލު އިންތިހާބާއެކު ބާއްވަން