ރާއްޖޭގައި ވޭމް މަނާކުރުމާ ގުޅޭ އިސްލާހުތައް މިހަފުތާ ތެރެއިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭޕްކުރަން ބޭނުންކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ކަމާ ބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.
އެކަމާ ގުޅުވައި އުޝާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސްގެ ނިންމެވުމަށް މަރުހަބާ ދަންނަވާ ކަމަށެވެ. ރައީސްގެ އެ ނިންމެވުމަކީ ޅަދަރިންނާއި ޒުވާނުންގެ އަދި ގައުމުގެ ހައްގުގައި އެޅުއްވި މުހިންމު ނިންމުމެއް ކަމަށެވެ.
އުޝާމް ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނާއި އެކްސްޕޯޓް އިމްޕޯޓު ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމަވާފައިވާ ކަމަށެވެ. އަދި އެ ކަން މި ހަފުތާގައި ކުރައްވާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.
ވޭޕް މަނާކުރުމަކީ ދުންފަތުގެ ބާވަތަކާ ދެކޮޅަށް މި ފަހުގެ ތާރީހުގައި ރާއްޖޭގެ ރައީސަކު އެޅުއްވި އެންމެ ހަރުކަށި ފިޔަވަޅެވެ.




1 Comment
ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަސްތަކުގައި ވެސް ހިދުމަތްދޭން ފަށައިފި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް