ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހަމީދުގެ ކުންފުންޏެއް ކަމަށްވާ ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް 44 މިލިއަން ރުފިޔާގެ އެޑްވާންސެއް ދިނުމަށްފަހު, އެއްވެސް މަސައްކަތެއް ނުކުރި މައްސަލަ މާލިއްޔަތު ކޮމެޓީން ފުލުހަށް ހުށަހަޅަން މިއަދު ފާސްކޮށްފި އެވެ.
އެ ފައިސާ ހަމީދުގެ ކުންފުންޏަށް ދީފައިވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގަ އެވެ. އެއީ އާސަންދައިން ހޮސްޕިޓަލެއް އެޅުމަށް އެކުންފުންޏާއެކު ހެދި އެއްބަސްވުމެއްގެ ދަށުން ދިން ފައިސާ އެވެ. ނަމަވެސް އޭރު އާސަންދައިގެ މާލީ ހާލަތު ހުރި ގޮތުން މަޝްރޫއުގެ ކަންކަން ވަނީ ކުރިއަށް ނުގެންގޮސް މަޑުޖައްސާލައިފަ އެވެ.
އާސަންދައިގެ ހޮސްޕިޓަލެއް އެޅުމަށް ފުރަތަމަ އަލީ ހަމީދުގެ ނޯތު ކޯސްޓް ކޮންސްޓްރަކްޝަނާއެކު އާސައިންދައިން އެއްބަސްވުން ހެދީ 2016 ވަނަ އަހަރު އެވެ. ހަ ބުރީގެ އެ ހޮސްޕިޓަލު އެޅުމަށް ދެ ކުންފުނީގެ މެދުގައި އެއްބަސްވީ 61 މިލިއަން ރުފިޔާ އަށެވެ. ނަމަވެސް އޭގެ އަނެއް އަހަރު މަޝްރޫއު މަޑުޖައްސައިލީ އެވެ.
އެފަހުން އެމްޑީޕީ ސަރުކާރުގައި ނޯތު ކޯސްޓުގެ ފަރާތުން ސެޓްލްމެންޓް ކޮމެޓީއަށް ބަދަލު ހޯދަން އެދުމުން، ރައީސް އޮފީހުން ވަނީ އަލުން އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްފަ އެވެ. ދެވަނަ ފަހަރު އެ މަސައްކަތް ހަވާލުކުރީ 147 މިލިއަން ރުފިޔާ އަށެވެ. އެ މަޝްރޫއުގެ އެޑްވާންސް ޕޭމެންޓުގެ ގޮތުގައި 2023 ވަނަ އަހަރު އާސަންދައިން ވަނީ ދެ ފަހަރެއްގެ މަތިން 44 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދީފަ އެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވަނީ އެ މަޝްރޫއުގެ ތަފްސީލު ހޯދަން އާސަންދައިގައި އެދިފަ އެވެ. އާސަންދައިން ކޮމެޓީއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، މަޝްރޫއުގެ މަސައްކަތް މަޑުޖެހިފައި އޮންނާތީ ނޯތު ކޯސްޓާއެކު އެތައް ފަހަރެއްގެ މަތިން ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށާއި ނަމަވެސް، މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ.
ގުޅުންހުރި
ހޯކްސްގެ ބޯޓަކުން ވަގަށް ސިނގިރޭޓް އެތެރެކުރުން: އިހުސާން އާއި އަމީން ކޮމިޓީއަށް
މެންބަރުކަން ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީއަށް ދިނުމުން ރައްޔިތުންގެ ބާރު ގެއްލޭ:
މަނާކުރަންވީ ފަލަސްތީނުގައި ގަތުލުއާންމު ހިންގާ މީހުންގެ ޕާސްޕޯޓް އެކަނި: ނާޒިމް
މަޖިލީހުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިއްޖެ، ކޯޓަށް ދާން މަޝްވަރާކުރާނަން:
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލާ ގުޅޭ ގަރާރު ބޭރުކުރީ އެމްޑީޕީގެ ހެޔޮނިޔަތް
މިއަދު އެ ފެނުނީ ޕީއެންސީގެ މެންބަރުން އަމިއްލަ މަސްލަހަތު ކުރިއަށް ނުނެރޭނެކަން: