ނޮވެމްބަރ 21, 2024

ބޮޑެތި ޑިސްކައުންޓުތަކާއެކު އެސްޓީއޯގެ ވެއާހައުސް ސޭލް ފަށައިފި

ބޮޑެތި ޑިސްކައުންޓުތަކާއެކު ”އެސްޓީއޯގެ ވެއާހައުސް ސޭލް“ މިއަދު ފަށައިފި އެވެ.

އެސްޓީއޯއިން މިއަދު ބުނީ އެ ސޭލް ކުރިއަށް ދަނީ މިއަދުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

”ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ރަމަޒާން ބާޒާރަށް ކަސްޓަމަރުންނަށް ބޭނުންވާ ސާމާނު ގެނައުމަށް ކުރިޔަށް ގެންދާ މި ސޭލްގައި ގިނަ ދުވަހު މާކެޓުގައި ހުރި ޕްރޮޑަކްޓުތައް ހެޔޮ އަގެއްގައި ލިބިގެންދާނެ“ އެސްޓީއޯއިން ބުންޏެވެ.

އެ ސޭލްގައި އެސްޓީއޯ ކޮންސްޓަކްޝަންގެ ފަރާތުން ނިޕޯން ޕެއިންޓާއި މަކިޓާ ޓޫލްސްގެ އިތުރަށް އެކްސެސަރީސް ލިބެން ހުންނާނެ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

އަދި އެ ސޭލްގައި ހާއްސަ ލަކީޑްރޯއެއް ނެގުމަށް ހަމަޖެހިފައިވާއިރު، ގުރުއަތުން ހޮވޭ ފަރާތަކަށް ހާއްސަ އިނާމެއް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

މީގެ އިތުރުން އެސްޓީއޯއިން ބުނީ އެ ސޭލްގައި ބޮޑެތި ޑިސްކައުންޓުތަކެއްގައި އަގުހެޔޮކޮށް ތަކެތި ލިބެން ހުންނާނެ ކަމަށެވެ. އަދި ކޮންސްޓްރަކްޝަން ސައިޓުގައި 60 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބެން ހުންނާނެ ކަމަށެވެ.