ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސް މިރޭ 11:00 އާ ހަމައަށް ކުރިއަށް ގެންދިޔުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މިއަދު ޖަލްސާގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ހުންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ބަޖެޓް ބަހުސް ނިންމުމަށް ވަގުތު އިތުރުކުރަން ހުށަހަޅައިފަ އެވެ. އެއީ ބަޖެޓަށް ބަހުސް ކުރަން ބޭނުންވާ ހުރިހާ މެންބަރުންނަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.
އަބްދުއްރަހީމް ވަނީ މާދަމާގެ ޖަލްސާގައި ވެސް ބަޖެޓަށް ބަހުސް ކުރަން ބޭނުންވާ މެންބަރުންނަށް ފުރުސަތު ދިނުމަށް ޖަލްސާ ދަންމާލަން ހުށަހަޅައިފަ އެވެ.
އަބްދުއްރަހީމުގެ އެ ދެ ހުށަހެޅުން މަޖިލީހުން ފާސްކޮށްފައި ވަނީ 52 މެންބަރުންގެ ވޯޓުންނެވެ. ވޯޓަށްފަހު މިހާރު ވަނީ ބަޖެޓަށް ބަހުސް ކުރުން ކުރިއަށް ގެންދަން ފަށައިފަ އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ އޮކްޓޫބަރު މަހުގެ 31 ގައެވެ.




1 Comment
ގުޅުންހުރި
ދަރިފުޅު ބެލުމަށް މުވައްޒަފުންނަށް އިތުރު ވަގުތު ދޭން އިސްލާހެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް