ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ފެނިގެން އެ ދިޔައީ ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ އެ މީހުންގެ އަމިއްލަ މަސްލަހަތަށްވުރެ ރައްޔިތުންގެ މަސްލަހަތު ކުރިއަށް ނެރޭނެ ބައެއްކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މިއަދު ގެންނަން ހުށަހެޅި އިސްލާހު މިއަދުން މިއަދަށް ފާސްކުރުމަށްފަހު ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
އެ އިސްލާހުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އެ މެންބަރުން އަމިއްލައަށް ގާނޫނީ ބާރާއި އިމްތިޔާޒުތައް ދޫކޮށްލަނީ ކަމަށް ބުނެ ކިޔާ ފާޑުކިޔުންތަކަށް އަބްދުއްރަހީމް ވިދާޅުވީ މިއަދު އެ އިސްލާހަށް ވޯޓު ދެއްވި 78 މެންބަރުން އެގޮތަށް ވޯޓު ދެއްވީ، ރައްޔިތުންގެ ތެރޭގައި މިހާރު މެންބަރުންނާ ދޭތެރޭގައި ދެކެވޭ ވާހަކަތައް ދެން ކުރިއަށް އޮތްތަނުގައި ދައްކާނެ ފުރުސަތު ނުދިނުމަށް ކަމަށެވެ.
”މިސާލަކަށް މިވެނި ޕާޓީއަކުން ލާރިނަގައިގެން އެ ޕާޓީއެއް ހިނގައްޖޭ، އެ ޕާޓީއަށް ހިނގައްޖޭ. އެކަމަށް ނިމުމެއް ގެނައީ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަޒާހަތްތެރިކަން ސާބިތުކޮށްދޭން މަގެއް ކޮށައި ދިނީ. ރައްޔިތުންގެ މަންދޫބުންގެ އިއްޒަތާއި ގަދަރު އުފުލިގެންދާނެ މަގެއް މި ފަހިކުރީ އަމިއްލައަށް. މިއީ ކޮންމެ ކޮންމެ ބަޔަކު ކުރާ ކަހަލަ ކަމެއް ނޫން މިއީ. އެކަމަކު ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ އެ މީހުންގެ އަމިއްލަ މަސްލަހަތަށްވުރެ ރައްޔިތުންގެ މަސްލަހަތު ކުރިއަށް ނެރޭ ބައެއްކަން މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ފެނިގެންދިޔައީ،“ އަބްދުއްރަހީމް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، މިހާރު އޮންނަ ނިޒާމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ވެގެންދަނީ ކޮންމެވެސް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ކަމަށާއި އެހެންކަމުން ރައްޔިތުން ވޯޓު ދެނީ ޕާޓީ ޓިކެޓަށް ކަމަށެވެ.
އެހެންކަމުން މެންބަރަކަށް އިންތިހާބުވުމަށްފަހު އަމިއްލަ މަންފާއަށްޓަކައި އިންތިހާބުވި ޕާޓީ ދޫކޮށް އެހެން ޕާޓީއަކަށް ދިއުން ނުވަތަ ޕާޓީ ދޫކޮށް މިނިވަން މެންބަރެއްގެ ގޮތުގައި ހުރުމަށް އިހުތިޔާރު އޮންނަ ނަމަ ރައްޔިތުންގެ ހައްގުތަކެއް ގެއްލިގެންދާ ކަމަށް ވިދާޅުވި އެވެ.




3 Comments
ގުޅުންހުރި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް
ވެރިކަންކުރާ ޕީއެންސީގައި 74،000 މެންބަރުން، އެމްޑީޕީގައި 43،700 މީހުން
ކައުންސިލު އިންތިހާބަށް ކެންޑިޑޭޓުން ހޮވުމަށް ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން ފަށައިފި
ޕީއެންސީގެ ޕްރައިމަރީގައި 290 އަށްވުރެ ގިނަ ކެންޑިޑޭޓުން
ކައުންސިލު އިންތިހާބަށް ބާއްވާ ޕީއެންސީގެ ޕްރައިމަރީ މިމަހުގެ 27 ގައި