މީގެ ހަތަރު އަހަރު ފަހުން 2028 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކާނުލައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕީއެންސީން މިއަދު ބޭއްވި އެތެރޭގެ އިންތިހާބާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ހިނގަމުން އަންނަ ވެރިކަމުގައި އެ ޕާޓީގެ މެމްބަރަކު ރައީސްގެ މަގާމުގައި ހުންނެވި ނަމަ އެ ބޭފުޅަކަށް ޕްރައިމަރީއަކާ ނުލައި ދެވަނަ ދައުރަކަށް ވެސް ޓިކެޓު ލިބިވަޑައިގަންނަވާނެ ކަމަށެވެ.
”އަޅުގަނޑުމެންގެ އަސާސީ ގަވާއިދު ބުނަނީ ޕީއެންސީގެ ޓިކެޓުގައި ނިކުމެވަޑައިގެން ރާއްޖޭގެ ވެރިކަމަށް ވަޑައިގަންވާ ބޭފުޅަކު އެ މަގާމުގައި ހުންނަވައި ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ބޭނުންފުޅު ވަންޏާ ރިޔާސީ ޕްރައިމަރީ އަކާ ނުލައި އެ ޓިކެޓު އެ ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ ކަމަށް، އެހެންވެ އެއީ ޕްރައިމަރީ ބާއްވަން ޖެހޭ ކަމެއް ނޫން،“ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް އެހެން ވިދާޅުވި ނަމަވެސް ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމާ މެދު ރައީސް މުއިއްޒު އަދި ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.
މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަކުރެއްވުމުގެ ފުރުސަތު އޭނާއަށް ލިބިވަޑައިގެންނެވި ނަމަވެސް އެ މަގާމަށް ވާދަނުކުރައްވާނެ ކަމަށާއި އެއީ އެއްވަރަކަށް ވެސް ޝައުގުވެރިކަމެއް ހުރިކަމެއް ނޫން ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ އޭނާ ސަބިތުވެ ހުންނަވަނީ ރައީސް މުއިއްޒު ދެވަނަ ދައުރަކަށް އިންތިހާބުކުރެއްވުމުގެ މަސައްކަތުގައި ކަމަށެވެ.
ރައީސް މުއިއްޒާއެކު އޮންނަ ގުޅުން ވަރަށް ގާތް ކަމަށާއި މިހާރު އެ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
މަޖިލިސް އިންތިހާބަށް ފަހު، މަޖިލީހުގެ ރައީސްކަމަށް އެ މަނިކުފާނުގެ ނަން ރައީސް މުއިއްޒު ހުށަހެޅުއްވީ ވެސް އިތުބާރު ކުރައްވާ ވަރު ބޮޑުކަމުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ގުޅުންހުރި
ދައުލަތުގެ އާމްދަނީން މީޑިއާތަކަށް 0.1 ޕަސެންޓް ދޭން އިއުލާންކޮށްފި
މިއަދާ ހަމަޔަށް އޮތީ ދިއުޅި ދިގު ނިޒާމެއް ކަމަށް، އެކަން ބަދަލުކުރީ
މި ސަރުކާރު ވައްޓާލެވޭނެ ވަރުގެ ފަނިތައް ވިހާނީ ޕީއެންއެފްގެ ހާލުން: ޔާމީން
ކައުންސިލްތަކުގެ ބާރު ހަނިކުރުމަށް ގާސިމް ތާއިދު ކުރައްވައިފި
ކައުންސިލްތަކަށް ލިބޭ އާމްދަނީން ޓެކްސް ދައްކަން ޖެހޭނެ: ރައީސް
ހަމަހަމަ ހިދުމަތުގެ ޔަގީންކަމާ އެކު ރައީސްގެ ބ. އަތޮޅު ދަތުރު ނިންމަވާލައްވައިފި