ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެޔޮ ވިއްކުމުގެ ވިޔަފާރިކުރާ އަމިއްލަ ކުންފުނި، ދަ ހޯކްސްގެ ބޯޓަކުން ރާއްޖެއަށް ވަގަށް ގިނަ އަދަދެއްގެ ސިނގިރޭޓް އެތެރެކުރި މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ، 241 ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.
ހޯކްސްގެ ”އެމްޓީ ހޯކްސް ޖަވާހިރު“ ބޯޓުން ގިނަ އަދަދެއްގެ ސިނގިރޭޓް ރާއްޖެ އެތެރެކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު އެވެ. އެ ބޯޓުން އެތެރެކުރި ސިނގިރޭޓް ”ހޯކްސް ރޯދި“ ނަމަކަށް ކިޔާ ދޯންޏަކަށް އަރުވައިގެން ތިލަފުއްޓަށް ގެންގޮސް، އެ ކުންފުނީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ޓްރެކަކަށް އަރުވައިގެން ގެންގޮސްފައިވަނީ ތިލަފުށީގައި ހުންނަ އެ ކުންފުނީގެ ބޯޓު ޔާޑަށެވެ.
އެ މައްސަލައާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހޯކްސް ބޯޓް ޔާޑުގައި ހުރި އެކޮމޮޑޭޝަނުންނާއި ވޯކްޝޮޕުން މެންޗެސްޓާ ބްރޭންޑުގެ ސިނގިރޭޓުގެ ގާތްގަނޑަކަށް 1.695 މިލިއަން ސިނގިރޭޓް ސްޓިކްސް ފެނުނެވެ. މި ފަހުން ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އެ ތަކެއްޗަށް 13.5 މިލިއަން ރުފިޔާގެ ޓެކްސް ދައްކަންޖެހޭނެ އެވެ.
އެ މައްސަލައާގުޅޭ މައުލޫމާތު ކޮމިޓީއާ ހިއްސާކުރުމަށް އެދި 241 ކޮމިޓީން މީގެ ކުރީން ވަނީ ހޯމް މިނިސްޓްރީއަށް ސިޓީއެއްވެސް ފޮނުވައިފަ އެވެ.
ނަމަވެސް މިއަދު ބޭއްވި އެ ކޮމިޓީ ބައްދަލުވުމުގައި އިހުސާން އާއި އަމީން ކޮމިޓީއަށް ހާޒިރުކުރަން ހުށަހަޅުއްވަމުން މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ، އެ މައްސަލައަކީ ރައްޔިތުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އޮތް މައްސަލައަކަށްވާތީ، އެއީ ކޮމިޓީން އިސްނަގައިގެން ބަަލަންޖެހޭ މައްސަލައެއް ކަމަށެވެ.
އެހެންވެ ނާޒިމް ހުށަހެޅުއްވީ އެ މައްސަލައިގައި މެންބަރުން ބޭނުންވާ ސުވާލެއް މިނިސްޓަރުންނާ ކޮށްގެން، ލައިވްކޮށް ކޮމިޓީ ބައްދަލުވުން ކުރިއަށް ގެންދިއުމަށެވެ. އެކަމަށް ތާއީދުކުރެއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހައްނާން އަބޫބަކުރެވެ. އެގޮތަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.




1 Comment
ގުޅުންހުރި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް
ރާއްޖޭގެ އެއްވެސް އެއާޕޯޓެއް ހިންގަން ބޭރުގެ ބަޔަކަށް ނުދޭނެ: އަމީން
ހުރިހާ އެއާޕޯޓަކަށް ރޭގަނޑު ފުލައިޓުތައް ޖެއްސޭނެ އިންތިޒާމު ހަމަޖައްސައިފި
މައުލޫމާތު ނުދިން 500 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފިން: އިހުސާން
ބޭރު ފައިސާއިން ސާވިސް ޗާޖު ދޭންޖެހޭ ގޮތް ހަދަން އިސްލާހެއް ހުށަހަޅަނީ